ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުން:

                                                ޢިއުލާން

ކުޑަހުވަދޫ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުން:

ދ.ކުޑަހުވަދޫގެ ލޭންޑް ޔޫސް ޕްލޭންއަށް ބައެއް ބަދަލުތައް ގެނައުމަށް ބޭނުންވާތީ، ތިރީގައި މިދަންނަވާ ކަންކަމާމެދު މަޝްވަރާކޮށް ޚިޔާލު ހޯދުމަށްޓަކައި ބޭއްވޭ ބައްދަލުވުމެއް 2024 އެޕްރީލް 28 ވާ އާދިއްތަ ދުވަހުގެރޭ 8:30 ގައި މި އިދާރާގެ ކޮންފަރެންސް ހޯލުގައި އޮންނާނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދަންނަވެމެވެ. އަދި މި ބައްދަލުވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުން އެދި ދަޢުވަތު އަރުވަމެވެ.

ބައްދަލުވުމުގެ އެޖެންޑާ

* ލޯކަލްމާރުކޭޓް އަޅާނެ ބިމެއް ކަނޑައެޅުން

* ދ.ކުޑަހުވަދޫ ހިއްކި ސަރަހައްދަށް ކަރަންޓް ދިނުމަށް ކޭބަލް ނެޓްވޯކް އަޕްގްރޭޑިންގެ ތެރެއިން ކުޑަހުވަދޫގެ 4 ސަރަޙައްދެއްގައި ޓްރާންސްފޯމަރު ބެހެއްޓުމަށްޓަކައި 04 ބިން ކަނޑައެޅުން

* ދ.ކުޑަހުވަދޫގައި ކްލިނިކް ހިންގަން ކަނޑައަޅާފައިވާ ބިން ބަދަލުކުރުން

     މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

14  ޝައްވާލު 1445

23  އޭޕްރީލް  2024

23 އޭޕްރިލް 2024
ހޯދާ