މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޭބީ ނާސަރީ އަދި ނާސަރީއަށް ކުދިން ވެއްދުމާއި ގުޅޭ

ދިރާސީ އައު އަހަރުގެ ކިޔެވުން 26 މެއި 2024 ގައި ފެށުމަށް ނިންމާފައިވާތީ، 2024 ވަނަ އަހަރު މާކުރަތު ޕްރީ ސްކޫލްގެ ނާސަރީ އަދި ބޭބީ ނާސަރީއަށް ކުދިން ވެއްދުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. ބޭބީ ނާސަރީ އަށް ވައްދާނީ 2023 ޑިސެމްބަރ މަހުގެ 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިންނެވެ. އަދި ނާސަރީއަށް ވައްދާނީ 2023 ޑިސެމްބަރ މަހުގެ 31 އަށް 3 އަހަރުފުރި 4 އަހަރު ނުފުރޭ ކުދިންނެވެ.

2024 ވަނަ އަހަރު މާކުރަތު ޕްރީ ސްކޫލްގެ ނާސަރީ އަދި ބޭބީ ނާސަރީ އަށް ވަންނަން އެދޭ ދަރިވަރުންނަށް ފޯމް ދޫކުރުމާއި ބަލައިގަތުން މިއަދުން ފެށިގެން (23 އޭޕްރީލް 2024 ވާ އަންގާރު ދުވަހުން ފެށިގެން) މާކުރަތު ކައުންސިލްގެ އިދާރާގައި ކުރިއަށްދާނެ ވާހަކަ ދަންނަވަމެވެ.

ވީމާ، 2024 ވަނަ އަހަރު މާކުރަތު ޕްރީސްކޫލްގެ ބޭބީ ނާސަރީ އަދި ނާސަރީ އަށް ކުދިން ވައްދަން ބޭނުންވެލައްވާ ފަރާތްތަކުން ފޯމު ނެންގެވުމަށްފަހު، ފޯމު ފުރުއްވާ، ފޯމުގައިވާ ތަކެއްޗާއިއެކު މާކުރަތު ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިހާރު ޕްރީ ސްކޫލްގެ ބޭބީ ނާސަރީގައި ކިޔަވަމުން ގެންދާ ދަރިވަރުން އަލުން ފޯމް ހުށަހަޅަން ނުޖެހޭނެކަމުގައި ދަންނަވަމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

23 އޭޕްރިލް 2024
ހޯދާ