މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލް ދަނޑުގެ ލައިޓްތައް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ އަގު ހުށަހެޅުމަށް ހުޅުވާލުން

ކިހާދޫ ފުޓްސަލް ދަނޑުގައި ޖަހާފައިވާ ލައިޓްތައް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަމަށް ކުރެވިފައިވާ ނަންބަރު (IUL)316/316/2024/38 އިއުލާން ބާތިލުކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ކޮޓޭޝަން/އަގުހުށައަޅާ ފޯމު 2024 އޭޕްރީލް 29 (ހޯމަ) ދުވަހުގެ 12:00ގެ ކުރިން މި އިދާރައަށް ހުށަހެޅުން އެދެމެވެ. ކޮޓޭޝަން/ އަގުހުށައަޅާ ފޯމު އީމެއިލް ކުރާފަރާތްތަކުން އީމެއިލް ކުރާނީ  [email protected] މި އީމެއިލް އެޑްރެހަށެވެ. އަދި މަސައްކަތް ކޮށްދެވޭނެ މުއްދަތު ކޮޓޭޝަން/ އަގުހުށައަޅާ ފޯމުގައި ހިމަނަންވާނެއެވެ. އަދި ކޮޓޭޝަން/ އަގުހުށައަޅާ ފޯމު  ހުށަހަޅާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ވިޔަފާރިއެއްނަމަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ކޮޓޭޝަން/ އަގުހުށައަޅާ ފޯމާއެކު ހުށަހަޅަންވާނެއެވެ.

ދަނޑުގައި ހަރުކުރުމަށް ކައުންސިލަށް ހޯދިފައިވާ ލައިޓްތައް މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ދައްކާލުމާއި، މަސައްކަތާގުޅޭ މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް 2024 އޭޕްރީލް 25 (ބުރާސްފަތި) ދުވަހުގެ 11:00 ގައި ކިހާދޫ ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. އަދި މި މަސައްކަތާގުޅޭގޮގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ކައުންސިލްގެ 6600053 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

 މިހެންވެ މިކަން އާޢްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

23 އޭޕްރިލް 2024
ހޯދާ