ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޤްތިޞާދީ މަސައްކަތް ކުރުމަށްޓަކައި ދެކުނު ސިނާއީ ސަރަހައްދުން ބިން/އިމާރާތް ކުއްޔަށް ދޫކުރުމަށް ކުރެވިފައިވާ އިޢުލާން ބާތިލް ކުރުން

ތާރީޚް: 23 އޭޕްރިލް 2024

ނަންބަރ: (IUL)327-A/327/2024/112

އިޢުލާން

 

އިޤްތިޞާދީ މަސައްކަތް ކުރުމަށްޓަކައި ދެކުނު ސިނާއީ ސަރަހައްދުން ބިން/އިމާރާތް ކުއްޔަށް ދޫކުރުމަށް އިޢުލާން ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގެ C2 ނަންބަރު ބިން އައިސްޕްލާންޓް ޕްރޮޖެކްޓަށް ދޫކުރެވިފައިވާ ބިމުގެ ބަޔަށް އަރާކަން ފާހަގަ ކުރެވިފައިވާތީ މަޢުލޫމާތު ކަރުދާސް އަލުން އިސްލާހު ކުރުމަށްޓަކައި މި ކައުންސިލުން ކުރެވުނު ނަންބަރު  (IUL)327-A/327/2024/95 އިޢުލާން ވަނީ ބާތިލް ކުރެވިފައެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

23 އޭޕްރިލް 2024
ހޯދާ