ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 134 ވަނަ ޖަލްސާގެ ނިންމުން

ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް

ބައްދަލުވުމުގެ ނަންބަރު:

4 ވަނަ ދައުރުގެ 134

ބައްދަލުވުމުގެ ބާވަތް:

އާއްމު ބައްދަލުވުން

ބައްދަލުވުން ބޭއްވި ތާރީޙް:

27 މާރިޗު 2024

ބައްދަލުވުން ބޭއްވި ގަޑި:

10:00

 

ނިންމުންތައް

  1. ރަށުގެ ބަނދަރު ސަރަހައްދުން ކަރަންޓްގެ ޙިދުމަތް ލިބޭގޮތް ހަމަޖެއްސުމާއި ކެޔޮޅުންނާއި މަސައްކަތްތެރިންގެ މަޝްވަރާހޯދުމަށްފަހުގައި ވީއެންމެ އަވަހަކަށް އިޢުލާނުކޮށް މަސައްކަތް ކުރިޔައްގެންދިއުމަށް ނިންމުނު.
  2. އިޖުތިމާއީ ގުޅުން ރަނގަޅުކުރުމުގެ ގޮތުން 5 މެއި 2024 ގައި ރަށުފެންވަރުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް އަދި މުބާރާތުގެ ކަންކަން ކުރިޔައްގެންދިއުމަށް ކޮމެޓީއެއް ނެގުމަށާއި މުބާރާތުގެ ޗެމްޕިއަންޓީމަށް 3000 ރުފިޔާގެ އިނާމެއް ދިނުމަށް.
  3. ފިތުރު ޢީދު ފާހަގަކުރުމުގެ ގޮތުން ބޮޑުޖަމާއަތުގައި ނަމާދުކުރުމާއި އީދުސައިގެ ކަންކަން ކުރިޔައްގެންދިއުމަށާއި މުއައްސަސާތައް ހިމެނޭގޮތައް ކޮމެޓީއެއް އެކުލަވަލައި އީދުގެ ކަންކަން ކުރިޔައްގެންދިއުމަށް.
  4. އަސްދާނު ދޯނީގެ މަރާމާތު މަސައްކަތެއްކުރުމަށް ބަނދަރުގެ ދެކުނު ތޮށި އާއްމުންނަށް ފައިބަރުގެ އުނދަގޫ ނުވާނޭގޮތައް ދޯނި ބާއްވާ ސަރަހައްދުގެ އެއްގަމަށްވާގޮތައް ސަންނެޓުޖަހައި މަސައްކަތްކުރުމުގެ ހުއްދަދިނުމަށް ނިންމުނު.
27 މާރިޗު 2024
ހޯދާ