މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޭބީ ނާސަރީ އަދި ނާސަރީއަށް ކުދިން ވެއްދުން

އިޢުލާން

ބޭބީ ނާސަރީ އަދި ނާސަރީއަށް ކުދިން ވެއްދުން:

 ދިރާސީ އައުއަހަރުގެ ކިޔެވުން 2024 މެއި 26ގައި ފެށުމަށް ނިންމާފައިވާތީ، 2024 ވަނަ އަހަރު މާފަރު ޕްރީސުކޫލުގެ ނާރސަރީ އަދި ބޭބީ ނާސަރީއަށް ކުދިން ވެއްދުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. ބޭބީ ނާސަރީ އަށް ވައްދާނީ 2023 ޑިސެމްބަރު މަހުގެ 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިންނެވެ. އަދި ނާސަރީއަށް ވައްދާނީ 2023 ޑިސެމްބަރު 31 އަށް 3 އަހަރުފުރި 4 އަހަރުނުވާ ކުދިންނެވެ.

2024 ވަނަ އަހަރު މާފަރު ޕްރީސުކޫލުގެ ނާރސަރީ އަދި ބޭބީނާސަރީ އަށް ވަންނަން އެދޭ ދަރިވަރުންނަށް ފޯމް ދޫކުރުމާއި ބަލައިގަތުން މިއަދުން ފެށިގެން 6 މެއި ވާ ހޯމަ ދުވަހުގެ މެންދުރު 14:00 އަށް މާފަރު ކައުންސިލްގެ އިދާރާގައި ކުރިޔަށް ދާނެވާހަކަ ދަންނަވަމެވެ.           

 ވީމާ، 2024 ވަނަ އަހަރު މާފަރު ޕްރީސުކޫލްގެ ބޭބީ ނާސަރީ އަދި ނާސަރީ އަށް ކުދިން ވައްދަން ބޭނުންވެލަށްވާ ފަރާތްތަކުން ފޯމު ނެންގެވުމަށްފަހު، ފޯމުފުރުއްވާ، ފޯމުގައިވާ ތަކެއްޗާއެކު މާފަރު ކައުންސިލްގެ އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. މިހާރު ޕްރީސުކޫލުގެ ބޭބީނަރސަރީގައި ކިޔަވަމުންގެންދާ ދަރިވަރުން އަލުން ފޯމް ހުށަހަޅަން ނުޖެހޭނެކަމުގައި ދަންނަވަމެވެ.

             9 ޝައްވާލު 1445

21 އޭޕްރިލް 2024
ހޯދާ