މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެންޕިއަންޝިޕް 2024" ކުރިއަށްދާ މުއްދަތުގައި ރަށުންބޭރުން އަންނަ ފަރާތްތަކަށް ޓެކްސީ ދަތުރުކޮށްދިނުމާއި ކޮޓަރި ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަށް ހޯދުމާއި ގުޅޭ

ނ. ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމް ކޮށްގެން 2024 އޭޕްރީލް 23 އިން 06 މެއި 2024 އަށް ކެނދިކުޅުދޫ ޓާފް ފުޓުބޯޅަދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެންޕިއަންޝިޕް 2024" ކުރިއަށްދާ މުއްދަތުގައި، ރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ޓެކްސީ ދަތުރު ކޮށްދިނުމަށާއި، ކޮޓަރި ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ  ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވެއެވެ.

ޓެކްސީ ދަތުރު ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުންހުށަހަޅަންޖެހޭ މަޢުލޫމާތު:

1- ނަމާއި، އެޑްރެސް، ގުޅޭނެ ފޯން ނަންބަރު

2- އުފުލޭ ފަސިންޖަރުންގެ އަދަދު

3- އުޅަނދުގެ ބާވަތް

 

ކޮޓަރި ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ މަޢުލޫމާތު:

1-  ނަމާއި، އެޑްރެސް، ގުޅޭނެ ފޯން ނަންބަރު

2-  ކޮޓަރި ކުއްޔަށްދޭ އަގު

3-  ކުއްޔަށް ދޫކުރާ ކޮޓަރިތަކުގެ އަދަދު

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 21 އޭޕްރީލް 2024 ވާ އާދިއްތަ ދުވަހުގެ 21:00 ގެ ކުރިން 9904027  ނަންބަރަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރެއްވުން ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

11   ޝައްވާލު  1445

19   އޭޕްރީލް   2024

19 އޭޕްރިލް 2024
ހޯދާ