އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 - ވޯޓު ފޮށިތަކުގެ ތެރެއިން ވޯޓުލާ ސަރަޙައްދުތަކާއި ވޯޓުފޮށި ބަހައްޓާ ތަނަށް އައިސްފައިވާ ބަދަލުތަކުގެ ތަފްޞީލް

(IUL)38-AC/38/2024/260​ :ނަންބަރު

އިޢުލާން

މިކޮމިޝަނުގެ އިޢުލާން ނަންބަރު (IUL)38-AC/38/2024/98 ، އާއި ހަވާލާދީ ދަންނަވަމެވެ. 2024 އެޕްރީލް 21 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ބެހެއްޓުމަށް އިޢުލާންކުރި ވޯޓު ފޮށިތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ވޯޓު ފޮށިތަކުގެ ވޯޓުފޮށި ބަހައްޓާ ތަން އިޞްލާޙު ކުރެވިފައިވާތީ، މި ވޯޓުފޮށީގެ ނަންބަރު، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން ތިރީގައި މިދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ތަން އިޞްލާޙު ކުރެވިފައިވާ ވޯޓުފޮށިތައް

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަޙައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ކޯޑު

ވޯޓުފޮށީގެ ނަންބަރު

އައްޑޫ ސިޓީ، މަރަދޫފޭދޫ ސްކޫލުގެ ކްލާސް ރޫމް 1

މި ފޮށްޓަށް ވޯޓުލާނީ މަރަދޫފޭދޫ ފަރިވާމަގުގެ ހުޅަނގު އުތުރުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، އައްޑޫސިޓީ ހުޅުދޫ އަދި މީދޫ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނާއި، މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

އައްޑޫ، މަރަދޫފޭދޫ-1

S08.1.1

316

އައްޑޫ ސިޓީ، މަރަދޫފޭދޫ ސްކޫލުގެ ކްލާސް ރޫމް 2

މި ފޮށްޓަށް ވޯޓުލާނީ މަރަދޫފޭދޫ ފަރިވާމަގުގެ އިރު ދެކުނުގައިވާ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

އައްޑޫ، މަރަދޫފޭދޫ-2

S08.1.2

317

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

19 އޭޕްރިލް 2024
ހޯދާ