މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖްލިސް އިންތިޚާބު 2024 - ވޯޓުލުމާއި ގުޅޭ

ރައްޔިތުންގެ މަޖްލިސް އިންތިޚާބު 2024 - ވޯޓުލުމާއި ގުޅޭ

 

ރައްޔިތުންގެ މަޖިލިސް އިންތިޚާބު 2024ގެ ވޯޓުލުން 21 އޭޕްރީލް 2024ވާ އާދިއްތަ ދުވަހު ކުރިއަށްދާނެއެވެ. ވޯޓުލުން ކުރިއަށްދާނީ އެދުވަހުގެ ހެނދުނު 8:00 ން ހަވީރު  5:30އަށެވެ. ވެލިދޫގައި ވޯޓުލުމަށް ހަމަޖެހިފައިވާ ވޯޓު ފޮށިތަކަކީ:

 

  1. 83 |  ނ.ވެލިދޫ-1 (ނ.އަތޮޅު ތަޢުލީމީ މަރުކަޒު)
  2. 84 |  ނ.ވެލިދޫ-2 (ހިންޒް ޕްރީސްކޫލް)
  3. 85 |  ނ.ވެލިދޫ-3 (ވެލިދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު)

 

ދެންނެވިފައިވާ ފޮށިތަކަށް ވޯޓުލުމަށް ރަޖިސްޓްރީ ކުރެވިފައިވާނީ ތިރީގައިވާ ސަރަޙައްދުތަކަށް ނިސްބަތްވާ ފަރާތްތަކެވެ.

 

83

 

 

D03.13.1

 

 

ނ. ވެލިދޫ1

މި ފޮށްޓަށް ވޯޓުލާނީ ވެލިދޫ ރޯޝަނީމަގުގެ އުތުރުން ޝަބްނަމީހިނގުމާ ހަމަޔަށް، ޝަބްނަމީހިނގުމުގެ ހުޅަނގުން އުތުރަށް ޗާނދަނީމަގާއި ހަމަޔަށް، ޗާނދަނީމަގުގެ އުތުރުން އިރަށް ރާވެރިމަގާއި ހަމަޔަށް، ރާވެރިންމަގުން އުތުރަށް އެމަގުގެ ހުޅަނގުން ހިމެނޭ ރަށުގެ އުތުރު ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

ނ. ވެލިދޫ،
 ނ. އަތޮޅު ތަޢުލީމީ މަރުކަޒުގެ   ޑީ ބްލޮކް އިމާރާތް

84

 

 

 

D03.13.2

 

 

 

ނ. ވެލިދޫ2

މި ފޮށްޓަށް ވޯޓުލާނީ ވެލިދޫ ރޯޝަނީމަގުގެ ދެކުނުން ޝަބްނަމީހިނގުމާ ހަމަޔަށް، ޝަބްނަމީހިނގުމުގެ އިރުން ޗާނދަނީމަގާއި ހަމަޔަށް، ޗާންދަނީމަގުގެ ދެކުނުން އިރަށް ރާވެރިންމަގާއި ހަމަޔަށް، ރާވެރިންމަގުގެ ހުޅަނގުން ހަވީރީހިނގުމާ ހަމަޔަށް، ހަވީރީހިނގުމުގެ އުތުރުން ހުޅަނގަށް ޝިފާގޯޅިއާ ހަމަޔަށް، ޝިފާގޯޅީގެ ހުޅަނގުން ދެކުނަށް ކިނާރާމަގާއި ހަމަޔަށް، ކީނާރާމަގުގެ އުތުރުން އެމަގުގެ ހުޅަނގުގައި ހިމެނޭ ރަށުގެ މެދުތެރޭ ސަރަޙައަދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނާއި، ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި  ކުޅުދުއްފުށި ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

ނ. ވެލިދޫ،
 ހިންޒު ޕްރީސްކޫލް

85

D03.13.3

 

 

ނ. ވެލިދޫ3

މި ފޮށްޓަށް ވޯޓުލާނީ ވެލިދޫ ރާވެރިންމަގުގެ އިރުން އެމަގުގެ ދެކުނަށް ހަވީރީހިނގުމާ ހަމަޔަށް، ހަވީރީހިނގުމުގެ ދެކުނުން ހުޅަނގަށް ޝިފާގޯޅިއާ ހަމަޔަށް، ޝިފާގޯޅީގެ އިރުން ދެކުނަށް ކިނާރާމަގާއި ހަމަޔަށް، ކިނާރާމަގުން ހުޅަނގަށް އެ މަގުގެ ދެކުނުން ރަށުގެ އިރުދެކުނު ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނާއި، ދ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި ފުވައްމުލަކު ސިޓީ، އައްޑޫ ސިޓީ އަދި މާލެ ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

ނ. ވެލިދޫ،
 ވެލިދޫ ޔޫތް އެންޑް ކޮމިޔުނިޓީ ސެންޓަރގެ އިންޑޯ ހޯލު

19 އޭޕްރިލް 2024
ހޯދާ