ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ތަކަންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުން

ހއ.ތަކަންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކައުންސިލުން އެކަށައަޅާ ފާސްކޮށް 18 އޭޕްރީލް 2024 ގައި ގެޒެޓް ކުރެވިފައިވާ "ހއ.ތަކަންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލު" 17 އޭޕްރީލް 2024 ގައި ބޭއްވުނު ކައުންސިލްގެ އާއްމުޖަލްސާއިން ވަނީ ފާސްކުރެވިފައެވެ. ވުމާއެކު މި އުޞޫލާއި އެއްގޮތަށް ބަންޑާރަ ގޯއްޗަށް ޝަރުތު ހަމަވާ ފަރާތްތަކުން މިއަދުން ފެށިގެން 19 މެއި 2024 ވާ އާދިއްތަ މެންދުރު 13:00 އާއި ހަމައަށް ގޯއްޗަށްއެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 24 ގޯއްޗެވެ. އެއީ ރަށުގެ އިރު ދެކުނުން ދޫކުމަށް ހަމަޖެހިފައިވާ 24 ގޯއްޗެވެ. މި ގޯތިތަކުގެ ބޮޑުމިނަކީ 3000 އަކަފޫޓެވެ.

ހއ.ތަކަންދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯއްޗަށްއެދި ހުށަހަޅާ ފޯމާއި، ހއ.ތަކަންދޫއިން ބަންޑާރަ ގޯއްޗަށް އެދޭ ފަރާތްތަކަށް ޕޮއިންޓް ދޭނެގޮތުގެ މިންގަނޑާއި ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުތައް އެނގޭނޭ ޗާޓް މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައި އެވަނީއެވެ.  މި ލިޔުންތަކާއި ފޯމް މިއިދާރާއިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

ކައުންސިލްގެ އިދާރާއިން ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ބަޔާންކުރެވުނު މުއްދަތުގައި ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރު 13:00 އަށް މިއިދާރާގެ ކައުންޓަރުންނެވެ. އީމެއިލްގެ ޒަރީއްޔާއިން ފޯމް ހުށަހަޅުއްވަން ބޭނުންވެލައްވާ ފަރާތްތަކުން ބަޔާންކުރެވުނު މުއްދަތުގައި މިއިދާރާގެ އީމެއިލް [email protected] އަށް މެއިލްކުރައްވާ ރަސްމީގަޑީގައި އިދާރާގެ ނަންބަރު 6500102 އަށް ގުޅުއްވާ ހުށަހެޅުއްވި ފޯމް ކައުންސިލަށް ލިބުނުކަން ކަށަވަރު ކުރެއްވުމަށް ދަންނަވަމެވެ.

ވީމާ، ހއ.ތަކަންދޫއިން ދިރިއުޅުމަށްޓަކައި ބަނޑާރަ ގޯއްޗަށް އެދިލައްވާ ފަރާތްތަކުން 19 މެއި 2024 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މި އިދާރާއަށް ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

                    ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 އޭޕްރިލް 2024
ހޯދާ