މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
21 އޭޕްރީލް 2024 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާ ވަގުތުތަކުގައި މާލޭގެ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުމާއި ގުޅޭ

21 އޭޕްރީލް 2024 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާ ވަގުތުތަކުގައި މާލޭގެ މަގުތަކުގައި ތިރީގައި މި ދަންނަވާ ކެޓަގަރީގެ އުޅަނދުއްތައް ދުއްވުމަކީ މަނާ ކަމެއްކަމުގައި އަންގާ އިޢުލާން ކުރަމެވެ.

1-      C2 އަދި CO ކެޓަގަރީގެ އުޅަނދުތައް.

2-      D ކެޓަގަރީގެ އުޅަނދުތައް.

3-      E ކެޓަގަރީގެ އުޅަނދުތައް.

4-      V ކެޓަގަރީގެ އުޅަނދުތައް.

 

މި އެންގުމާއި ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނު ނަންބަރު 2009/5 (އެއްގަމުދަތުރުފަތުރުގެ ޤާނޫނު) ގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

18 އޭޕްރިލް 2024
ހޯދާ