މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އިވެންޓެއް އިންތިޒާމު ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އަންދާސީ ހިސާބު ބޭނުންވެއްޖެ

އިވެންޓެއް އިންތިޒާމު ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

 

       މި ކުންފުންޏަށް "ASWC އިވެންޓް" އިންތިޒާމް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި، "ވެލްކަމް ރިސެޕްޝަން، ނެޓްވޯކިން އީވްނިންގ، ފެއަރވެލް ރިސެޕްޝަން، މެއިން ކޮންފަރެންސް" ތައްޔާރުކުރުމާއި، އަދި ދިވެހި ސްޓޯލް ހެދުމާއި، ސްޕޮންސަރޝިޕް ބެނާތައް ތައްޔާރުކުރުމާއި، މެއިން ވޯކްވޭ ބްރޭންޑިން ކުރުމާއި، 3D މޮޑެލް ހަރުކުރުމާއި، އިވެންޓްގެ އެންމެހާ ލޮޖިސްޓިކްސްގެ އިންތިޒާމުތައް ހަމަޖެއްސުންފަދަ މަސައްކަތްތައް ހިމެނެއެވެ.

       މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 އެޕްރީލް 25 ވާ ބުރާސްފަތިދުވަހުގެ ހެދުނު 11:30 ގެ ކުރިން މިކުންފުނީގެ "ޓެންޑަރ ޕޯޓަލް"(https://tender.macl.aero) ތެރެއިން މިކަމަށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަށް "ޓެންޑަރ ޕޯޓަލް" ތެރެއިން މަޢުލޫމާތު ކަރުދާސް ލިބިލައްވާނެއެވެ. "ޓެންޑަރ ޕޯޓަލް"އާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ސައިފް 7981289 އާއި ގުޅުއްވުން އެދެމެވެ.

       "ޓެންޑަރ ޕޯޓަލް" ތެރެއިން އަގު ހުށަހެޅުމުގެ ސުންގަޑިއަކީ 2024 މެއި 2 ވާ ބުރާސްފަތިދުވަހުގެ ހެދުނު 11:30 ގައެވެ. "ޓެންޑަރ ޕޯޓަލް" ތެރެއިން ހުށަހެޅި އަގުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2024 މެއި 2 ވާ ބުރާސްފަތިދުވަހުގެ ހެދުނު 11:30 ގައި، މިކުންފުނީގެ މައި އިދާރާގައި އަގު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.

       ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ކޯޓޭޝަނެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް  www.macl.aero އަށެވެ.

18 އޭޕްރިލް 2024
ހޯދާ