މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ

އިއުލާން

ވަޒީފާގެ ފުރުސަތު:

މަޤާމް

ސީނިއަރ ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ

ކްލެސިފިކޭޝަން

ސީނިއަރ އޮފިސަރ

މުސާރަ

މަހަކު 8500 އާއި 9500 ރުފިޔާއާއި ދެމެދު (ހާސިލްކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

އެހެނިހެން އިނާޔަތްތައް

  • ލިވިންގް އެލަވަންސް: މަހަކު 4000 ރުފިޔާ
  • އެޓެންޑަންސް އެލަވަންސް: މަހަކު 3000 ރުފިޔާ

ބޭނުންވާ އަދަދު

1 (އެކެއް)

ބޭނުންވާ ސެކްޝަން

ބިޒްނަސް ޑިވެލޮޕްމަންޓް، ސޭލްސް އެންޑް މާކެޓިންގ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް

މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަން، މާލެ

މަޤާމުގެ ޝަރުތުތައް

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމާ ގުޅުން ހުރި ދާއިރާއަކުން ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން، އަދި މަޤާމާ ގުޅުންހުރި ދާއިރާއަކުން ކޯޕަރޭޓް މާހައުލެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާލިބިފައި ވުން. ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމާ ގުޅުން ހުރި ދާއިރާއަކުން ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން، އަދި މަޤާމާ ގުޅުންހުރި ދާއިރާއަކުން ކޯޕަރޭޓް މާހައުލެއްގައި 5 އަހަރުދުވަހުގެ ތަޖުރިބާލިބިފައި ވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމާ ގުޅުން ހުރި ދާއިރާއަކުން ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން، އަދި މަޤާމާ ގުޅުންހުރި ދާއިރާއަކުން ކޯޕަރޭޓް މާހައުލެއްގައި 1 އަހަރުދުވަހުގެ ތަޖުރިބާލިބިފައި ވުން. ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމާ ގުޅުން ހުރި ދާއިރާއަކުން ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން، އަދި މަޤާމާ ގުޅުންހުރި ދާއިރާއަކުން ކޯޕަރޭޓް މާހައުލެއްގައި 3 އަހަރުދުވަހުގެ ތަޖުރިބާލިބިފައި ވުން،

މަޤާމުގެ މަސްއޫލިއްޔަތު:

  • ކޯޕަރޭޝަންގެ ޕާޓްނަރުންނާއި އެހެން މުހިންމު ފަރާތްތަކާއެކު ކުރަންޖެހޭ މުޢާމަލާތުތައް ކުރުން
  • ކޯޕަރޭޝަނުން އެކި ތަންތަނުގައި ހިންގާ މުހިންމު ހަރަކާތްތަކުގެ މަޢުލޫމާތު ވަގުތުން ވަގުތަށް ސޯޝަލް މީޑިއާގައި ފެތުރުމާއި، ސޯޝަލް މީޑިޔާ އަޕްޑޭޓްކޮށް ބެލެހެއްޓުން
  • ކުންފުނީގެ އެކިއެކި ބޭނުންތަކަށް ރިޕޯޓްތައް ތައްޔާރު ކުރުމާއި ރިޕޯޓްތަކަށް ބޭނުންވާ އިންފޮ ގްރެފިކްސް ތައްޔާރު ކުރުން
  • ޕްރޮޕޯސަލްތަކާއި ދިރާސާތައް ތައްޔާރު ކުރުން.
  • ކޯޕަރޭޝާންގެ ޖަލްސާތަކާއި، އިވެންޓްތައް ކަވަރުކުރުން.
  • މި ކޯޕަރޭޝަންގެ އެކިއެކި ކަންކަމަށް ބޭނުންވާ ލިޔެކިޔުން، ޚިތާބު އަދި އެހެނިހެން  ޑޮކިއުމަންޓްތަކާއި ޕްރެޒެންޓޭޝަންތައް އިނގިރޭސި ބަހާއި ދިވެހި ބަހުން ތައްޔާރުކުރުން.
  • މި ކޯޕަރޭޝަން އާއި ގުޅުން ހުރި ބައިނަލްއަޤްވާމީ މުއައްސަސާތަކަށް ކޯޕަރޭޝަންގެ މަސައްކަތްތަށް ހިއްސާކޮށް އަޕްޑޭޓް ކޮށް ދިނުން.
  • ކޯޕަރޭޝަންގެ ތަސައްވަރު ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.
  • ކޯޕަރޭޝަންގެ ކޮމިއުނިކޭޝަން ސްޓްރެޓަޖީއެއް ތައްޔާރުކޮށް، ހިންގާ ބެލެހެއްޓުން.
  • ހަވާލުކުރެވޭ މަސައްކަތާ ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުން.
  • ކޯޕަރޭޝަންގެ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • މީގެ އިތުރުން ޚާއްސަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް އަދި މެޖޭނިންގ ޑިރެކްޓަރ ހަވާލުކުރާ މަސައްކަތްތައް ކުރުން.

 

އިތުރު އިނާޔަތްތައް

މި މަޤާމަށް ހޮވޭ ފަރާތްތަކަށް، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި މަސައްކަތާއި ގުޅޭގޮތުން ހަމަޖެހިފައިވާ އުސޫލުން އިތުރު އިނާޔަތްތައް ލިބޭނެއެވެ.

އިންޓަވިއުކުރުމާއި، އިމްތިޙާން ކުރުން

މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުތު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއު، އިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފްތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.

މީހުން ހޮވުމުގައި ބާލާނެ ކަންތައްތައް

  • ވަޒީފާގެ ދާއިރާގެ މަސައްކަތްތަކުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު.
  • މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
  • ފަންނީ ޤާބިލްކަން ހުރި މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ފޯމު (މި އިޢުލާންއާއިއެކުވާ ލިންކުން ޑައުންލޯޑްކުރެވޭނެ)
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.(އެޓެސްޓް ކުރެވި އެކްރެޑިޓް ކުރެވިފައި)
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް.
  5. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު

ސުންގަޑި

29 އޭޕްރީލް 2024 ވާ ހޯމަ ދުވަހު 1200 ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރއަށް އެޑްރެސްކޮށް ގަލޮޅު ދަނޑުގައި ހުންނަ މިކޯޕަރޭޝަންގެ އޮފީހަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected]  އަށް އީމެއިލްކުރުން އެދެމެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ހޯދުމަށް (ހެނދުނު 8:00ން ހަވީރު 3:00އަށް) ގުޅުއްވާނީ3336725 ނަންބަރު ފޯނަށް.

 09 ޝައްވާލް 1445

18 އޭޕްރީލް 2024

18 އޭޕްރިލް 2024
ހޯދާ