ގއ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ގއ.އަތޮޅު ހޮސްޕިޓަލުން ފޯރު ކޮއްދޭ މަޢުލޫމާތާއި އެއްގޮތަށް ފޮޅާ ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމާއި ގުޅޭ:

                               އިޢުލާން

                      ނަންބަރ-: (IUL)GAAH/GAAH/2024/13

މި ހޮސްޕިޓަލުން ފޯރު ކޮއްދޭ މަޢުލޫމާތާއި އެއްގޮތަށް  ފޮޅާ ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމާއި ގުޅޭ:

               މި ހޮސްޕިޓަލުގެ ޢިމާރާތްތަކާއި ގޯތި، އަދި ވަށައިގެންވާ މަގުތައް ކުނިކަހައި ފޮޅާ ސާފުކުރުމުގެ މަސައްކަތް 2  އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަށްބޭނުންވެއެވެ.

         ވީމާ، މި މަސައްކަތް 2 އަހަރު ދުވަހުގެ މުއްދަތަށް، ކޮންޓްރެކްޓް އުސޫލުން އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮއްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 މެއި 2024 ވާ ( ބްރާސްފަތި ) ދުވަހުގެ މެންދުރު  13:00 އަށް މި ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، 05 މެއި 2024 ވާ ( އާދީއްތަ ) ދުވަހުގެ މެންދުރު 14.00 އަށް  އަންދާސީ ހިސާބު ހުށަހެޅުއްވުމުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަ ނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓަރީ ކުރުމާބެހޭ ޤާނޫނު) ނުވަތަ 2014/19 ( އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

 އިތުރު މަޢުލޫމާތު ހޯދެއްވުމަށް މި ހޮސްޕިޓަލުގެ ނަންބަރު :6821085 ފޯނަން ރަސްމީ ގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                           18 އެޕްރީލް 2024 މ.

 

18 އޭޕްރިލް 2024
ހޯދާ