ލ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
2024 ވަނަ ދިރާސީ އަހަރު ދަރިވަރުން ސުކޫލަށް ވެއްދުމާ ގުޅޭ

ނަންބަރ: GS28/IUL/2024/14

 

އިޢުލާން:

 

2024 ވަނަ ދިރާސީ އަހަރު ދަރިވަރުން ސުކޫލަށް ވެއްދުމާއި ގުޅޭ

           

            2024 ވަނަ އަހަރުގެ ދިރާސީ އަހަރު މި ސުކޫލަށް އަލަށް ވަންނަން އެދޭ ދަރިވަރުންނަށް، 2024 އޭޕްރީލް 18 ވާ ބުރާސްފަތި ދުވަހުން ފެށިގެން އެ ފުރުޝަތު ވަނީ ހުޅުވާލެވިފައެވެ.

 

އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގުރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ހަމަޖެހިފައިވާ އުމުރުފުރާ ތިރީގައި އެވަނީއެވެ.

ގުރޭޑް

2024 ވަނަ އަހަރު ކުދިން ސުކޫލަށް ވައްދާ އުމުރު ފުރާތައް

އެލް.ކޭ.ޖީ

2023 ޑިސެމްބަރ 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން

ޔޫ.ކޭ.ޖީ

2023 ޑިސެމްބަރ 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން

2023-2024 ދިރާސީ އަހަރު އެލް.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2024 ދިރާސީ އަހަރު (26 މޭ 2024 ގައި ފެށޭ) ޔޫ.ކޭ.ޖީ އަށް ބަދަލު ކުރެވޭނެއެވެ.

ގުރޭޑް 1

2023 ޑިސެމްބަރ 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން

2023-2024 ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން 2024 ދިރާސީ އަހަރު (26 މޭ 2024 ގައި ފެށޭ) ގުރޭޑް 1 އަށް ބަދަލްކުރެވޭނެއެވެ.

 

            ވީމާ، 2024 ވަނަ ދިރާސީ އަހަރަށް، މިސުކޫލްގެ އެލް.ކޭ.ޖީ އަށް ވައްދަން ބޭނުންވާ ދަރިވަރުންގެ ފޯމް ފުރުއްވުމަށްފަހު، ރަސްމީ ދުވަސްތަކުގެ ހެދުނު 8:00 އިން 14:00 އަށް ސުކޫލް އޮފީހަށް ހުށައެޅުއްވުމަށް ދަންނަވަމެވެ. ދަރިވަރުން ސުކޫލަށް ވައްދަންއެދޭ ފޯމް ރަސްމީ ގަޑީގައި ސުކޫލް އޮފީހުން ލިބެން ހުންނާނެއެވެ. ފޯމް ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ 2024 މެއި 02 ވާ ބުރާސްފަތި ދުވަހެވެ. މިހާރު މިސުކޫލްގެ ފައުންޑޭޝަން ސުޓޭޖްގައި ކިޔަވަމުންދާ ދަރިވަރުން ޔޫ.ކޭ.ޖީ އަށް ނުވަތަ ގުރޭޑް 1 އަށް ބަދަލްވުމަށް ފޯމް ހުށައަޅާކަށް ނުޖެހޭނެއެވެ. ދަރިވަރުން ސުކޫލަށް ވައްދަން އެދޭ ފޯމާއެކު ތިރީގައިމިވާ ލިޔުންތައް ހުށައަޅަންވާނެއެވެ.

 

1-    ދަރިވަރުގެ އައިޑީ ކާޑުގެ ދެފުށުގެ ސާފް ކޮޕީ

2-    ބެލެނިވެރިޔާގެ އައިޑީ ކާޑްގެ ދެފުށުގެ ސާފު ކޮޕީ

3-    ދަރިވަރުގެ ވެކްސިން ކާޑުގެ ކޮޕީ (ވެކްސިން ދެވިފައިވާ ތާރީޙް ހިމެނޭ ޞަފްޙާތައް ހިމެނޭގޮތައް)

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މި ސުކޫލްގެ ނަމްބަރު 6800008 އަށް ގުޅުއްވުންއެދެމެވެ.

               

09 ސައްވާލް 1445

18 އޭޕްރީލް 2024

18 އޭޕްރިލް 2024
ހޯދާ