ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ސިނާއީ ސަރަހައްދުން ބިންދޫކުރުން

ރަށުގެ ދެކުނުކޮޅު ސިނާޢީ ސަރަހައްދުގައިވާ 2000 އަކަފޫޓުގެ 10 ބިން ބިޑް އުޞޫލުން 20 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ނިންމާފައިވާތީ، ބިންކުއްޔައްނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

ރަށުގެ ސިނާއީ ސަރަހައްދުން ބިން ދޫކުރުމާއިގުޅޭ މައުލޫމާތު ޝީޓާއި ބިޑްރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް އަދި ބިޑް ހުށަހަޅާ ފޯމް މިއިދާރާއިންނާއި ގެޒެޓުން ލިބެންހުންނާނެއެވެ. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 24 އޭޕްރީލް 2024 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން މިކައުންސިލަށް ދުރުވެ ނުވަތަ [email protected] މެއިލްއަށް ބިޑްރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށަހަޅައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.  ބީލަށް ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބިޑް ހުށަހެޅުމާއި ބިޑްތައް ހުޅުވުން އޮންނާނީ 30 އޭޕްރީލް 2024 ވަނަ ދުވަހުގެ 10:00 ގައި ވަންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މިއިޢުލާނާއި ގުޅިގެން ހުށަހަޅާ ބިޑުތަކުގެ ތެރެއިން ގަޑިއަށް ހުށަހަޅާފައިނުވާ ބިޑްތަކާއި މައުލޫމާތު ފުރިހަމަ ނުވާ ބިޑްތައް ބާޠިލް ކުރެވޭނެއެވެ.

ބިން ދޫކުރާ ބޭނުން ލުއިސިނާއީ މަސައްކަތް (ގުދަން، ގަރާޖް، ވާރކްޝޮޕް، ސިމެންތި ގައުއެޅުން، ވަޑާންގެ އަދި މަސްވެރިކަމާއި ގުޅުންހުރި މަސައްކަތް)
ބިންދޫކުރާ ސަރަހައްދު ސިނާއީ ސަރަހައްދު
ބިންދޫކުރާ މުއްދަތު 20 އަހަރު
ދޫކުރާ ބިމުގެ އަދަދު 2000 އަކަފޫޓު ('40×'50) 

ހުށަހެޅޭނެ އެންމެ ކުޑަކުލި އަކަފޫޓަކަށް

20 ލާރި
އިސްކަންދޭނޭ އުސޫލު ބީލަން ހަވާލުކުރާއިރު ދައުލަތުގެ އޮފީސްތަކުން ކުރިޔައްގެންދާ ބީލަންތަކުގައި ވަކިވަކި ފަރާތްތަކާއި ދާއިރާތަކަށް އިސްކަންދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު (2022/G-23) 6 ޖުލައި 2022 އަށް ރިއާޔަތްކުރެވޭނެއެވެ
ބީލަން ކާމިޔާބުކުރާ ފަރާތެއް ކަނޑައެޅުމަށްޓަކައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް
   
މާކުސް ދެވޭ ކަންކަން ޖުމްލަ މާކުސް ތަފްސީލް
ކުލީގެ ގޮތުގައި ހުށަހަޅާ އަގު 75 މާކުސްދެވޭނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ބޮޑު ކުއްޔަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެވޮކޭޓްކޮށްފައިވާ މާކުސް ހުރިހާ އަގުތަކެއްގެމަދުގައި ބަހާލައިގެންނެވެ
މާލީ ތަނަވަސްކަން 10 މާކުސް ދޭނީ ބިޑް ހުށަހަޅާފައިވާ ފަރާތްތަކުގެ އެންމެ ފަހުގެ 6 މަސްދުވަހުގެ ބޭންކްސްޓޭޓްމެންޓްއަށް ބަލައިގެންނެވެ. މިގޮތުން މާކުސްދެވޭނީ ކޮންމެ މަހެއްގެ މަސްނިމޭދުވަހުގެ ބެލެންސްގެ އެވްރެޖުއެއް ހޯދުމަށްފަހު ، އެންމެ ބޮޑުއަދަދަކީ ބެންޗްމާކެއް ކަމުގައި ބަލާގެން ކުރައިޓީރިއާއަށް އެވޮކޭޓްކޮށްފައިވާ މާކުސް ހުރިހާ އަގުތަކެއްގެމަދުގައި ބަހާލައިގެންނެވެ.
ތަޖުރިބާ 10
  • މާކުސް ދޭނީ ބިޑް ހުށަހަޅާފައިވާ ފަރާތްތަކުން ކޮށްފައިވާ މަސައްކަތްތަކުގެ ތަޖުރިބާއަށް ބަލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކުސް ލިބޭނި ކޮށްފައިވާ މަސައްކަތްތަކުގެ އަދަދަށް ބަލައިގެން 10 ތަޖުރިބާއަށްވުރެގިނަ ނުވާގޮތަށެވެ.
މުވައްޒަފުން 5
  • މާކުސް ދެވޭނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަންދޫގެ ރައްޔިތުން މުވައްޒަފުންގެ ގޮތުގައި ގެންގުޅޭނެކަމަށް ބަޔާންކުރާ މުވައްޒަފުންގެ ރަޖިސްޓްރީ ނުވަތަ މުސާރަޝީޓްގެ މައުލޫމާތަށްބަލައި އެންމެ މަތިން ހުށަހަޅާފައިވާ ނިސްބަތް އެއީ ބެންޗްމާކެއް ކަމުގައިބަލައިގެން ކުރައިޓީރިއާއަށް އެވޮކޭޓްކޮށްފައިވާ މާކުސް ހުރިހާ ނިސްބަތެއްގެ މެދުގައި  ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ ހުށަހަޅާ އެންމެ ބޮޑު ނިސްބަތަށެވެ
17 އޭޕްރިލް 2024
ހޯދާ