މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތު އެންވަޔަރަންމަންޓަލް އެންޑް ސޯޝަލް ސްޕެޝަލިސްޓް - އިންޑިވިޖުއަލް ކޮންސަލްޓަންޓް (ނެޝަނަލް)

ދިވެހިރާއްޖެ،

ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓްP177040

ގްރާންޓް ނަންބަރު : E047-MV

މަސައްކަތުގެ ބާވަތް: އެންވަޔަރަންމަންޓަލް އެންޑް ސޯޝަލް ސްޕެޝަލިސްޓް - އިންޑިވިޖުއަލް ކޮންސަލްޓަންޓް (ނެޝަނަލް)

ރިފަރެންސް ނަންބަރު: MV-MoECCT-DMADD-392082-CS-INDV

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ވޯލްޑް ބެންކްގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓުގައި ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރާނެ އެންވަޔަރަންމަންޓަލް އެންޑް ސޯޝަލް ސްޕެޝަލިސްޓެއްހޯދުމަށް ބޭނުންވެއެވެ.

މި ކޮންސަލްޓެންސީއަށް ހޮވޭ ފަރާތް މަސައްކަތް ކުރާނީ ޕާޓްޓައިމްކޮށް، ޕްރޮޖެކްޓް ސްޕެސިފިކް އެންވަޔަރަންމަންޓަލް އެންޑް ސޯޝަލް ކޮމިޓްމަންޓް ޕްލޭން (އީ.އެސް.ސީ.ޕީ(، ސްޓޭކްހޯލްޑަރ އެންގޭޖްމަންޓް ޕްލޭން (އެސް.އީ.ޕީ)، ލޭބާ މެނޭޖްމަންޓް ޕްރިންސިޕަލްސް (އެލް.އެމް.ޕީ) އަދި އީ-ވޭސްޓް މެނޭޖްމަންޓް ގައިޑްލައިންގައި ބަޔާންކޮށްފައިވާ ރިކޮމެންޑޭޝަނާއި އެއްގޮތަށް ޕްރޮޖެކްޓް ތަންފީޒުކުރުމުގައި އަމަލުކުރާކަން ކަށަވަރުކުރުމެވެ. އެންވަޔަރަންމަންޓަލްއެންޑް ސޯޝަލް ސްޕެޝަލިސްޓް މަސައްކަތް ކުރައްވާނީ މި ޕްރޮޖެކްޓްގެ ޕީ.އެމް.ޔޫ އާއި މިނިސްޓްރީ އަދި ކަމާ ގުޅުންހުރި އެންމެހާ ތަންފީޒީ އިދާރާތަކާއި ވޯލްޑް ބޭންކާ ގުޅިގެންނެވެ.

މި މިނިސްޓްރީގެ ފަރާތުން މަތީގައި ދަންނަވާފައިވާ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

މި ކޮންސަލްޓެންސީއަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ ތައުލީމީ ފެންވަރާއި ތަޖުރިބާގެ ޝަރުތުތަކަކީ:

  1. އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ނުވަތަ ސޯޝަލް ސައިންސް ނުވަތަ މަސައްކަތާއި ގުޅުންހުރި ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ބެޗްލަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން
  2. ތިމާވެއްޓާއި އިޖުތިމާއީ މެނޭޖްމަންޓްގެ ދާއިރާއިން ނުވަތަ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ޝައުގުވެރިކަން ފާޅުކުރުމުގެ ސިޓީ
  • ކަރިކިއުލަމް ވީޓާ (ވަޒީފާއަށް ގުޅނު މަހާއި އަހަރު އަދި ކެނޑުނު މަހައި އަހަރު ސާފުކޮށް އެގޭނެހެން ބަޔާންކުރުން)
  • ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑުގެ ކޮޕީ
  • އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ
  • ޔުނިވަރސިޓީން ދޫކޮށްފައިވާ ސެޓްފިކެޓް ނުވަތަ ލިޔުން
  • ވަޒީފާގައި އުޅުނުކަމުގެ ލިޔުން (އަދާ ކޮށްފައިވާ މަސްއޫލިޔަތާއި އެ މަސްއޫލިއްޔަތު އަދާ ކޮށްފައިވާ މުއްދަތު އެނގޭނެހެން)
  • ޕޮލިސް ކްލިޔަރެންސް ސެޓްފިކެޓް

މި ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޮވާނީ "ވަރލްޑް ބޭންކްސް ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯރ އައި.ޕީ.އެފް. ބޮރޮވާރސްގެ ފަސްވަނަ އެޑިޝަން، ސެޕްޓެންބަރު 2020" ("ޕްރޮކިއުމަންޓް ރެގިއުލޭޝަން") ގެ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.

މި ކޮންސަލްޓެންސީއާއި ގުޅޭ އިތުރު މަޢުލޫމާތު މި ދަޢުވަތާ އެކީގައި ޝާއިޢު ކުރެވިފައިވާ "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ.)" ގައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބް ސައިޓްއިން  www.environment.gov.mv ލިބެން ހުންނާނެއެވެ.

ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 2024 މެއި 8 ވާ ބުދަ ދުވަހު ގަޑިން 10:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ. "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ޕޯސްޓް މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ.

ޕްރޮޖެކްޓް މެނޭޖަރ

ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް،

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ،

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ،

ކަލާފާނު ހިނގުން، މާލެ 20064، ދިވެހިރާއްޖެ.

[email protected]އީމެއިލް:

ވެބްސައިޓް: www.environment.gov.mv

ފޯނު ނަންބަރު: +(960)330-2253

18 އޭޕްރިލް 2024
ހޯދާ