މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ނީލަމާއިބެހޭ މަޢުލޫމާތު

އިޢުލާން        

             މި އިދާރާގެ ބެލުމުގެ ދަށުގައިހުރި ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔަން ބޭނުންވެއެވެ. ނީލަންކިޔުން އޮންނާނީ 29 އޭޕްރިލް 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް، އެންޑް ޕަބްލިކް ވޯރކްސްގެ ގުދަން (ހުޅުމާލެ ފޭސް 2 ޗައިނާ ސައިޓްކައިރީ ހުންނަ ގުދަން) ގައެވެ. ނީލަން ކިޔާތަނުގެ ލޮކޭޝަން ތިރީގައިވާ ލިންކުން ފެންނާނެއެވެ:

https://maps.app.goo.gl/Er2jNLjVJTtJeinM8

ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލް ތިރީގައިވާ ތާވަލުގައި އެވަނީއެވެ. 

 

ލޮޓު ނަންބަރ 

މުދާ 

އަދަދު 

ނީލަންކިޔަން ފެށޭނެ އަގު 

ނީލަމުގެ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު 

F001

އެންބިއުލަންސް (CB1A-G5328)

1

ރ 126,000.00

100.00ރ

F002

އެންބިއުލަންސް (BB1A-G5291)

1

 ރ 126,000.00

100.00ރ

F003

އެންބިއުލަންސް (CB1A-G3390)

1

ރ 126,000.00

100.00ރ

F004

އެންބިއުލަންސް (G5245)

1

 126,000.00 ރ

100.00ރ

F005

އެންބިއުލަންސް (BB1A-G4356)

1

ރ 126,000.00

100.00ރ

F006

އެންބިއުލަންސް (BB1A-G3624)

1

ރ 126,000.00

100.00ރ

F007

އެންބިއުލަންސް (CB1A-G5273)

1

 126,000.00 ރ

100.00ރ

F008

ވޭން  (BB1A-G1899)

1

 117,000.00 ރ

100.00ރ

 

ނީލަންކިޔުމުގެ އުސޫލު 

 

  • ނީލަން ކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ލޮޓެއްގައި ހުންނާނެއެވެ. 
  • ނީލަމެއް ކުރިއަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ހާޒިރުގައެވެ. ނަމަވެސް ތިން ބައިވެރިން ހަމަ ނުވާނަމަ، ދެވަނަ ފަހަރަށް އިޢުލާނުކޮށް، 2 ނުވަތަ 1 ބައިވެރިންގެ ހާޒިރުގައި، ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ. 
  • ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް، އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމޭނެއެވެ. 
  • ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރި ފަރާތަށް، "ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން" ހަވާލުކުރެވޭނެއެވެ. 
  • ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި މި މިނިސްޓްރީއަށް ދައްކައި ޚަލާޞްކުރަންވާނެއެވެ. ނީލަމުގެ އަގު ދައްކަންވާނީ ‘BandeyriPay’  ޕޯޓަލް މެދުވެރިކޮށްށެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށްފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާޞްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްނުކޮށްފިނަމަ، އެ މުދަލެއް އަލުން ނީލަންކިޔުމަށް އިއުލާނުކުރެވޭނެއެވެ. 
18 އޭޕްރިލް 2024
ހޯދާ