ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރެންދޫ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ މަސައްކަތު ވަޒީފާ (ވަގުތީ)

އިޢުލާނު

 

މަޤާމު:

މަސައްކަތު (ވަގުތީ) ކުރެންދޫ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ

މަޤާމުގެ ނަންބަރު:

_

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (08 މަސް)

މަޤާމުގެ ރޭންކު:

SS1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯރޓް ސަރވިސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކުރެންދޫ ކައުންސިލްގެ އިދާރާ

މުސާރަ:

މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް 38.89ރުފިޔާ

ސަރވިސް އެލަވަންސް:

_

ރިސްކް އެލަވަންސް

_

އެހެނިހެން އެލަވަންސް

_

މަސައްކަތް ކުރަންޖެހޭ ވަގުތާއި އެހެނިހެން އެލަވަންސް:

ރަސްމީ ބަނދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން 10:00ށް. މަސައްކަތް ކުރަންޖެހޭނެއެވެ. ރަމަޟާންމަހުގެ މުނާސަބަތުގައި ދޭ ޙާއްސަ އެލަވަންސްގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ކުރެންދޫ ބަނދަރާއި ރަށްވަށައިގެން ހިމެނޭ އިޖްތިމާޢީ ސަރަހައްދު ކުނިކަހާ ސާފުކުރުން
  • ކައުންސިލް އިދާރާއިން ހިންގާ މުހިއްމު މުނާސަބަތުތަކާއި ގުޅިގެން ސާފުކުރުމުގެ މަސައްކަތްތަކުގައި އެހީތެރިވެ ދިނުން
  • ކުރެންދޫ ކައުންސިލް އިދަރާ އިން ބޭނުންވެގެން ހިންގާ ރަށުތެރެ ސާފުކުރުމުގެ ޕްރޮގުރާމްތަކުގައި އެހީތެރިވެދިނުން
  • ރަށުގެ އެކިއެކި ތަންތަނަށް ކުނިފާޑުގެ އެއްވެސް އެއްޗެއް އުކާނަމަ އެކަން ހުއްޓުވާ އިދާރާގެ ވެރިއަކަށް އެންގުން.
  • ސަރުކާރުގެ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން 10:00 ރަސްމީ ކުނިކެހުމުގެ މަސައްކަތް ކުރުން
  • ޙާއްސަ މުނާސަބަތުތަކާއި ގުޅިގެން އިދާރާއިން އަންގާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • އިދާރާގެ ބެލުމުގެ ދަށުގައި ހުންނަ ބިންތައް ކުނިކަހާ ވިނަނޮޅާ ސާފުކުރުން.

މަޤާމުގެ ޝަރުތު:

  • ލިޔަންކިޔަން އެނގުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް.
  2. ސިވިލްސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒިފާއިން ވީއްލުމާއި މެދު އިޢުތިރާޒެއްނެތްކަމަށް، އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒިފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނަ ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  5. ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

50

އަސާސީ ޝަރުޠައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖްރިބާ

5

އިންޓަރވިއު

40

މަޤާމަށް މުވައްޒަފަކު އައްޔަންކުރެވޭނީ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ އިންސައްތަ %70 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ.

  • މިފަދަ ވަޒީފާއެއްގައި އުޅެތަޖުރިބާ ލިބިފައިވުން.
  • ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 އޭޕްރީލް 30 ވާ (އަންގާރަ) ދުވަހުގެ 13:00 ގެ ކުރިން، ފާދިއްޕޮޅު ކުރެންދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އިމްތިޙާން އޮންނާނީ، (01 މޭ 2024) އާއި (09 މޭ 2024) އާ ދެމެދު، ފާދިއްޕޮޅު ކުރެންދޫ ކައުންސިލް އިދާރާގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620001 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

 

               މިހެންވެ، އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

17 އޭޕްރިލް 2024
ހޯދާ