އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 - ވޯޓު ފޮށިތަކުގެ ތެރެއިން ވޯޓުލާ ސަރަޙައްދުތަކާއި ވޯޓުފޮށި ބަހައްޓާ ތަނަށް އައިސްފައިވާ ބަދަލުތަކުގެ ތަފްޞީލް

(IUL)38-AC/38/2024/252​ :ނަންބަރު

އިޢުލާން

މިކޮމިޝަނުގެ އިޢުލާން ނަންބަރު (IUL)38-AC/38/2024/85 ، އާއި ހަވާލާދީ ދަންނަވަމެވެ. 2024 އެޕްރީލް 21 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ބެހެއްޓުމަށް އިޢުލާންކުރި ވޯޓު ފޮށިތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ވޯޓު ފޮށިތަކުގެ ވޯޓުލާ ސަރަޙައްދު އިޞްލާޙު ކުރެވިފައިވާތީ، މި ވޯޓުފޮށީގެ ނަންބަރު، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން ތިރީގައި މިދަންނަވަނީއެވެ

ވޯޓުލާ ސަރަޙައްދު އިޞްލާޙު ކުރެވިފައިވާ ވޯޓުފޮށިތައް

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަޙައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ކޯޑު

ވޯޓުފޮށީގެ ނަންބަރު

ޅ. ނައިފަރު،
 މަދްރަސަތުލް އިފްތިތާޙް ޖަލާލުއްދީން މާލަމް ހޯލުގެ އުތުރު

މި ފޮށްޓަށް ވޯޓުލާނީ ނައިފަރު ޖަލާލުއްދީނު މަގުގެ އުތުރުން ޓިޔުލިޕްހިނގުމުން އުތުރަށް ގޮސް ރޯޝަނީގެއާ ހަމައިން ހުޅަނގަށް ވަށައިލެވޭ ސަރަޙައްދުގައި ހިމެނޭ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާއި ނައިފަރު ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ މީހުންނެވެ.

ޅ. ނައިފަރު-1

G02.02.1

133

ޅ. ނައިފަރު،
 މަދްރަސަތުލް އިފްތިތާޙް ޖަލާލުއްދީން މާލަމް ހޯލުގެ ދެކުނު

މި ފޮށްޓަށް ވޯޓުލާނީ ނައިފަރު ޖަލާލުއްދިން މަގުން ދެކުނުން ޓިޔުލިޕްހިނގުމުން ހުޅަނގަށް ގޮސް  ވަށައިލެވޭ ސަރަޙައްދުގެ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާއި ދ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި ފުވައްމުލަކު ސިޓީ ، އައްޑޫ ސިޓީ އަދި މާލޭ ސިޓީ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ.

ޅ. ނައިފަރު-2

G02.02.2

134

ޅ. ނައިފަރު، އައި ޔޫ އެމް ނޫރާނީ ޕްރީސްކޫލް ކްލާސްރޫމް 1

މި ފޮށްޓަށް ވޯޓުލާނީ އިފްތިތާޙީ މަގުން ދެކުނުން ޓިޔުލިޕް ހިނގުމުން އިރަށް ފިނިއުނިމާގެއާ ހިސާބުން އިރަށް އެކަތައާ ހިސާބުން އުތުރަށް ވަށައިލެވިގެންގޮސް ތަރަހައާ ހަމައިން ހުޅަނގަށް ގޮސް ރޯޝަންގެއާ ހަމައިން ވަށާލެވޭ ސަރަހައްދުގައި ހިމެނޭ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނެވެ.

ޅ. ނައިފަރު-3

G02.02.3

135

ޅ. ނައިފަރު، ވިލާ ކޮލެޖް ނައިފަރު ކެމްޕަސް ހޯލް

މި ފޮށްޓަށް ވޯޓުލާނީ ޓިޔުލިޕް ހިނގުމުގެ އިރުން ކަނޑުފެންނަގެއިން ފެށިގެން އިރަށް ހެޕީބީޗް އާ ހިސާބުން ވަށައިލެވޭ ސަރަހައްދުގައި ހިމެނޭ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާއި،  ޓިޔުލިޕް ހިނގުމުން  އުތުރުގެއާ ހިސާބުން ހުޅަނގަށް ގޮސް ނޫކޮކާގެއާ ހިސާބުން ވަށައިލެވޭ ސަރަހައްދުގައި ހިމެނޭ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާއި ،ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި  ކުޅުދުއްފުށި ސިޓީގެ  މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރެވިފައިވާ މީހުންނެވެ.

ޅ. ނައިފަރު-4

G02.02.4

136

ޅ. ނައިފަރު، މަދްރަސަތުލް އިފްތިތާޙްގެ އީ ބްލޮކްގެ ކްލާސްރޫމް

މި ފޮށްޓަށް ވޯޓުލާނީ  ޓިޔުލިޕް ހިނގުމުގެ އިރުން ވިނޯގެއާ ހިސާބުން އިރަށްގޮސް ހަބަރޭވިލާއާ ހަމައިން ދެކުނަށްގޮސް ވަށައިލެވޭ ސަރަހައްދުގައި ހިމެނޭ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނެވެ.

ޅ. ނައިފަރު-5

G02.02.5

137

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

17 އޭޕްރިލް 2024
ހޯދާ