މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިޑް ހުށަހެޅުމުގެ ދަޢުވަތު

      ނަންބަރ: (IUL)324/324/2024/11  

           

އިޢުލާނު

ބިޑް ހުށައެޅުމުގެ ދަޢުވަތު:

         ބ.ފެހެންދޫ، ކުނިކޮށީގައި ހުރި ގައު ތަކެއް ތިލަފުއްޓަށް ގެންދިއުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

         ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު އަރުވަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ފޯމުފުރިހަމަކޮށް ހުށަހަޅަންވާނެއެވެ. މި މަސައްކަތުގެ މައުލޫމާތުޝީޓާއި، އަންދާސީ ހިސާބު ހުށައަޅާ ފޯމްސެޓް މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިކައުންސިލާއި ގުޅުއްވުމުން ވެސް ބޭނުންވާ ފަރާތްތަކަށް އީމެއިލްގެ ޒަރީޢާއިން ޑޮކިޔުމަންޓް ފޯރުކޮށް ދެވޭނެއެވެ.

ބިޑް ރަޖިސްޓްރީ ކުރުން

ބިޑް ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 އެޕްރީލް 28 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން މިކައުންސިލްގައި ރެޖިސްޓަރ ކުރަންވާނެއެވެ. މިކަމަށް މިއިދާރާއަށް ވަޑައިގެން، ނުވަތަ މި އިދާރާގެ މެއިލް އެޑްރެސް  [email protected] އަށް ރިކުއެސްޓްކޮށް ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު (ނަމާއި އެޑްރެސް / ފޯން ނަންބަރު / އީމެއިލް އެޑްރެސް / އައި،ޑީކާޑު ނަންބަރ، ވިޔަފާރި ރަޖިސްޓްރީ ކޮޕީ ( އިޢުލާން ނަންބަރާއެކު މެއިލްކޮށްދިނުން އެދެމެވެ.

ރަޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 2024 އެޕްރީލް 28 ވާ އާދީއްތަ ދުވަހުގެ 13:30  ގެ ނިޔަލަށެވެ. މި މުއްދަތުގައި ބިޑް ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. 

މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( 18/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނި ތަކަށާއި ،އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

ޕްރީ ބިޑް ބައްދަލްވުން:

 މި ބިޑާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2024 އެޕްރީލް 28 ވާ އާދީއްތަ ދުވަހުގެ 10:30 ގައި ފެހެންދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. މިބައްދަލު ވުމަށް އައުން ލާޒިމެއްނޫނެވެ. ނަމަވެސް މި ބައްދަލުވުމަށް އައުމަކީ އެދެވިގެންވާ ކަމެކެވެ.

ބިޑް ވެލިޑިޓީ އަދި ބިޑްހުޅުވުން:

ބިޑްތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބިޑްގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ. ބިޑް ހުށަހެޅުން އޮންނާނީ 2024 މެއި 08 ވާ ބުދަދުވަހުގެ  11:00 ގައި މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑްތައް ބަލައެއް ނުގަނެވޭއެވެ. އަދި ބިޑްހުޅުވުން އޮންނާނީ ބިޑް ހުށައަޅުއްވާ ދުވަހުގެ އެހުށައެޅުއްވި ފަރާތްތަކުގެ ޙާޟިރުގައި އެގަޑީގައެވެ. އަދި ބިޑް ހުށަހަޅަން ވެރިފަރާތްނޫން އެހެންފަރާތަކުން ހާޒިރުވާނަމަ، ޙާޟިރުވާ ފަރާތުގެ އައި ޑީ ކާޑު ކޮޕީއާއި، ވެރިފަރާތުގެ އިއުތިރާޒެއްނެތް ކަމުގެ ލިއުން ހުށަހަޅަން ވާނެއެވެ. އިތުރު މައުލޫމަތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވުން އެދެމެވެ.

އީ މެއިލް އެޑްރެސް: [email protected]

ފޯނު ނަންބަރ : 6600058

ނޯޓް

  މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލަށް ލިބިގެންވެއެވެ. އަދި ބިޑްޕްރޮސަސްގެ ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ.

 

                            08 ޝާއްވާލު  1445 ހ

17 އޭޕްރިލް 2024
ހޯދާ