މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ ދިރާސީ އަހަރު ދަރިވަރުން ޕްރީސްކޫލަށް ވެއްދުމާއިގުޅޭ

2024ވަނަ އަހަރުގެ ދިރާސީ އަހަރަށް ގޮއިދޫ ޕްރީސްކޫލަށް ކުދިން ވެއްދުމުގައި އުމުރުފުރާ ބަލާނީ ތިރީގައި މިދަންނަވާ ގޮތުގެ މަތިން ކަމުގައި ދަންނަވަމެވެ.

ގްރޭޑް

2024ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރުފުރާތައް

ބޭބީ ނާސަރީ

2023 ޑިސެމްބަރ 31 އަށް 2 އަހަރުފުރި 3 އަހަރު ނުފުރޭ ދަރިވަރުން

ނާސަރީ

2023 ޑިސެމްބަރ 31 އަށް 3 އަހަރުފުރި 4 އަހަރު ނުފުރޭ ދަރިވަރުން

                  ވީމާ، ސްކޫލަށް ކުދިން ވެއްދުމަށް ބޭނުންފުޅުވާ ފަރާތްތަކުން " ސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 17އެޕްރީލް 2024ވާ ބުދަ ދުވަހުން ފެށިގެން 30 އެޕްރީލް 2024ވާ އަންގާރަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 ން 13:00 އަށް ގޮއިދޫ ކައުންސިލްގެ އިދާރާއިންނެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 އޭޕްރިލް 2024
ހޯދާ