މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ ދިރާސީ އަހަރު ދަރިވަރުން ރަސްމާދޫ ޕްރީސްކޫލަށް ވެއްދުމާއިގުޅޭ

ޢިޢުލާން 

2024 ވަނަ އަހަރުގެ ދިރާސީ އަހަރު ދަރިވަރުން ރަސްމާދޫ ޕްރީސްކޫލަށް ވެއްދުމާއިގުޅޭ

މިކައުންސިލްގެ ބެލުމުގެ ދަށުން ހިންގަމުންދާ ޕްރީސްކޫލަށް (ބޭބީ ނަރސަރީ، ނަރސަރީ) އަށް 2024 ވަނަ އަހަރުގެ ދިރާސީ އަހަރަށް ކުދިން ވެއްދުމުގެ ފުރުޞަތު މިއަދުން ފެށިގެން 2024 އެޕްރީލް 25 ވާ (ބުރާސްފަތި) ދުވަހުގެ 13:00ގެ ނިޔަލަށް ހުޅުވާލެވުނު ވާހަކަ ދަންނަވަމެވެ.

 

ޕްރީސްކޫލަށް އަލަށް ވައްދާ ކުދިންގެ އުމުރުފުރާތަކާއި ޕްރީސްކޫލަށް ކުދިން ވެއްދުމުގައި ބަލާނެ މިންގަނޑުތައް ތިރީގައި އެވަނީއެވެ.

 

ބޭބީ ނަރސަރީ އަށް ވައްދާނީ 2024 ވަނަ އަހަރުގެ މޭ މަހުގެ 23 އަށް ތިރީގައިވާ ތާވަލުގައިވާ ގޮތަށް އުމުރު ހަމަވާކުދިންނެވެ. ނާސަރީއަށް ވައްދާނީ ނުވަތަ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރާނީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 31 އަށް ތިރީގައިވާ ތާވަލުގައިވާ ގޮތަށް އުމުރު ހަމަވާކުދިންނެވެ.

 

ގްރޭޑް

2024 ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރު ފުރާ

 ބޭބީ ނަރސަރީ

2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން

 ނަރސަރީ

3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން

        ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 އޭޕްރިލް 2024
ހޯދާ