ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގައްދޫ އިން ބޮންޑެޑް ވެއަރ ހައުސްއަށް ބިން ކުއްޔަށްދިނުން

މި އިޢުލާންވަނީ 29 އޭޕްރިލް 2024 10:35 ގައި ބާތިލް ކުރެވިފައެވެ.


ގދ.ގައްދޫ އިން ބޮންޑެޑް ވެއަރ ހައުސްއަށް ބިން ކުއްޔަށްދިނުން

                     މިއީ، ގދ.ގައްދޫ ފެނަކައިގެ ތެޔޮ ތާނގީގެ އިރަށް އޮތް ހުސްބިމުން 5270 (ފަސްހާސް ދުވިސައްތަ ހަތްދހަ)  އަކަފޫޓްގެ ބިން ބޮންޑެޑް ވެއަރ ހައުސްއެށް ބިނާ ކުރުމަށް 30 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ފުރުސަތު  ހުޅުވާލުމަށް ކުރެވޭ އިޢުލާނެކެވެ.

                     ވީމާ، މިބިމުގައި ބޮންޑެޑް ވެއަރ ހައުސްއެށް ތަރައްޤީ ކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

  • 02 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:15 އަށް ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.
  • (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

2

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

ބީލަން ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

 

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

16 އޭޕްރިލް 2024
ހޯދާ