މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އެގްޒެކްޓިވް - އެކައުންޓްސް / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

ސީނިއަރ އެގްޒެކްޓިވް

ބޭނުންވާ ޢަދަދު

01

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (1  އަހަރު ދުވަހަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އެކައުންޓްސް / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

ޖުމްލަ މުސާރަ:

ލިބިފައިވާ ތައުލީމް އަދި މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު

އިތުރު ޢިނާޔަތްތައް:

އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު މަޤާމާއިގުޅޭ ދާއިރާއިން މަސައްކަތު ތަޖްރިބާ ލިބިފައިވުން.
  • ގިނަވަގުތު މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • އިންވޮއިސް އަދި ރިސިޕްޓް ފަދަ ލިޔެކިޔުންތައް އެއާއި ގުޅޭ އެކައުންޓް ތަކުގައި ތަރުތީބުކުރުން.
  • ރެކޯޑްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން. އެގޮތުން އެކްއުންޓްސް ޕޭޔަބަލެ އަދި ރިސީވަބަލް ފަދަ ޓްރާންސެކްޝަންތައް ޖެނެރަލް ލެޖަރ އަދި ޖާރނަލްގަ ރެކޯޑު ކުރުން.
  • ކޮންމެ މަހެއްގެވެސް ކޭޝްފްލޯ ރިޕޯޓްތަކާއި، ޕޭރޯލް ރިޕޯޓްތައް،  އޭއާރު އަދި އޭޕީ ރިޕޯޓްތައް ރިކޮންސައިލް ކުރުން.
  • ބިލް ހެދުމާއި ބިލް ދޫކުރުމާއި އަދި ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތައް ލަހުން ހަދަންޖެހޭ އެކައުންޓްތަކުގެ ފޮލޯއަޕްހެދުން .
  • އެކި އެކި ފަންޑްތަކުގެ ޚަރަދުތައް ބަލަހައްޓާ އަދި ބެލެންސް ކުރަންޖެހޭ މުއްދަތުތަކުގައި ބެލެންސްކޮށް ބޯޓްފަހަރުތަކުގެ ފައިސާގެ ފަންޑްތަކާއި އަދި އެހެނިހެން ފަންޑުތައް ރަނގަޅަށް ބެލެހެއްޓުން.
  • ސްޓެޓިސްޓިކްސް އަދި ހަދަން ޖެހޭ އެކިއެކި ރިޕޯޓްތައް ހެދުމަށް ބޭނުންވާ އެކައުންޓިންގް ސަމަރީތަކާއި އަދި އޭގެ ރިޕޯޓްތައް ތައްޔާރުކުރުން.
  • ފައިނޭންޝިއަލް އޮޑިޓަށް ތައްޔާރުވުމުގެ ގޮތުން އަދި ފައިނޭންޝިއަލް ރިޕޯޓްތައް ތައްޔާރުކުރުމުގައާއި، ބަޖެޓްތަކާއި އަދި އެނޫންވެސް ފައިނޭންޝިއަލް ސްޓޭޓްމެންޓްތައް ތައްޔާރުކުރުމުގައި އެކައުންޓެންޓަށް އަދި އެސިސްޓެންޓް އެކައުންޓެންޓަށް ފުރިހަމަ އެއްބާރުލުން ދިނުން.
  • ކޫއްޑޫ އާއި ބޯޓުފަހަރުތަކުގެ ފައިސާ ހުރިވަރު ޗެކްކުރަން ކަނޑައެޅިފައިވާ މުއްދަތުގައި ޗެކްކުރުން.
  • ކުންފުނިން ކަސްޓަމަރުން ކުރާ އެކިއެކި ވިޔަފާރިތަކަށް ބިލް ހަދާ އަދި ބިލް ދޫކުރުން. އެގޮތުން ޖޮބްއޯޑަރު މަސައްކަތަށް، ބޮނެފެނެ ގަންނަ ފަރާތްތަކަށް، ކެއުމާއި އެކޮމަޑޭޝަން ހޯދާފަރާތްތަކަށް، ފެނާއި ތެލާއި އަދި އެހެނިހެން ވިޔަފާރިކުރާ ފަރާތްތަކަން ބިލް ހެދުމާއި ބިލް ދޫކުރުން.
  • ދުވަހުން ދުވަހަށް ކުރަންޖެހޭ ޚަރަދުތައް ކުރުމަށް ކުންފުނިން ބޯޓުފަހަރުތަކަށާއި ކޫއްޑޫއަށް ދޫކޮށްފައިވާ ފައިސާ ވަރަށް ގާތުންބަލައި އަދި ރެންޑަމްކޮށް ފައިސާ ހަމަޔަށް ހުރިތޯބަލަން ގުނުން.
  • ކުންފުނީގެ އެކި އެކި ޑިޕާރޓްމެންތަކުގެ މަސައްކަތްތަށް ކޯސްޓިންގް ރިޕޯޓްތައް ތައްޔާރުކުރުން. އެގޮތުން ޕޮރޮޑަކްޝަން، ވޯކްޝޮޕް، އޮޕަރޭޝަން އަދި ކުންފުނިން ފޯރުކޮށްދޭ އެހެނިހެން ޚިދުމަތްތައް ހިމެނެއެވެ.
  • ކޫއްޑޫގެ ބެލުމުގެ ދަށުގައިވާ އެކިއެކި އައިސްޕްލާންޓްތަކާއި ފިހާރަ އަދި ފެރީގެ ޚިދުމަތްދޭ ފަރާތްތަކާއި ރަނގަޅަށް މުއާމަލާތްކޮށް، އެތަންތަނުގެ ވިޔަފާރި  އަދި ފައިސާގެ މުއާމަލާތް މޮނިޓަރ ކޮށް އަދި ދުވަހުން ދުވަހަށް ނުވަތަ މަހުންމަހަށް ކުރަންޖެހޭ ކޭޝް ޑިސްބާރސްމެންޓްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ  (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް)

ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ އީމެއިލް ކުރައްވާނީ   [email protected] އަށެވެ.
  • ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 18 އޭޕްރީލު 2024 މެންދުރު 14:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 

 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި އޮރިއެންޓޭޝަން ދިނުން އޮންނާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް. ގއ. ކޫއްޑޫގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7787186/9150006 ފޯނަށް ގުޅުއްވުން އެދެމެވެ.

16 އޭޕްރިލް 2024
ހޯދާ