މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ - ޕޯޓް ސެކިއުރިޓީ / އެފް.ޕީ.އެލް.ޑީ / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

ސެކިއުރިޓީ އޮފިސަރ

ބޭނުންވާ ޢަދަދު

 02

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (1  އަހަރު ދުވަހަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޕޯޓް ސެކިއުރިޓީ / އެފް.ޕީ.އެލް.ޑީ / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

ޖުމްލަ މުސާރަ:

ލިބިފައިވާ ތައުލީމް އަދި މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު

އިތުރު ޢިނާޔަތްތައް:

އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު މަޤާމާއިގުޅޭ ދާއިރާއިން މަސައްކަތު ތަޖްރިބާ ލިބިފައިވުން.
  • ގިނަވަގުތު މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ކުންފުނީގެ ޤަވާޢިދު ތަކަށް ޙުރުމަތްތެރިކޮށް ހިތުމާއި ޤަވައިދުތަކަށް ބޯލަބައި ޢަމަލުކުރުން. އަދި ތަނުގެ މަސްލަޙަތު ނުގެއްލޭފަދަ ގޮތަކަށް ވާހަކަ ދެއްކުމާއި ޢަމަލުތައް ބެހެއްޓުން.
  • ކަޑައެޅިފައިވާ ޔުނިފޯރމްގައި ގަޑިއަށް ސަމާލުވެ ވަޒީފާއަށް ޙާޒިރުވުން. އަދި މަސައްކަތަށް ފަރުވާތެރިވުން.
  • މަސައްކަތުގެ މާހައުލުގައި އުޅޭވަގުތުތަކުގައި ކުންފުނީގެ ހެދިފައިވާ ޤަވާޢިދުތަކާއި، އިސްލާމްދީނާއި ރާއްޖޭގެ ގާނޫނު އަސާސީއާއި އެއްގޮތަށް މަސައްކަތް ކުރުން.
  • ކަޑައެޅިފައިވާ ސަރަޙައްދު ތަކުގައި ސެކިއުރިޓީ ބެލެހެއްޓުން.
  • މުވައްޒަފުން ކޫއްޑޫއަށް އެތެރެކުރާ ތަކެއްޗާއި ބޭރުކުރާ ތަކެތި ބަލައި ޗެކުރުން. އަދި އެއްވެސް މައްސަލައެއް އުޅޭނަމަ ލަސްނުކުށް އެޑްމިންއަށް ރިޕޯރޓްކުރުން.
  • ކޫއްޑޫއަށް އަންނަ އުޅަދު މޮނިޓަރ ކުރުމާއި ކުންފުންޏަށް ގެއްލުމެއް ވެދާނެފަދަ ކަންކަން ބަލައި، އެފަދަ ކަމެއް ފާހަނގަ ކުރެވޭނަމަ އެޑްމިންއަށް ރިޕޯރޓް ކުރުން.
  • ކޫއްޑޫއަށް އެތެރެވާ އެހެނިހެން ފަރާތްތަށް ބަލައި އެތެރެވަނީ ހުއްދަލިބިގެންތޯ ބެލުން، އަދި މައްސަލައެއް ފާހަނގަވާނަމަ ރިޕޯރޓްކުރުން.
  • ރަށައް އަރާ ފައިބާ މުވައްޒަފުންނާއި އާއްމުން އެއްވެސް ހުއްދައެއްނެތި ތަނުން އެއްޗެއް ގެންދޭތޯ ބެލުން.
  • މުވައްޒަފުން ނޫން މީހުން ސަރަހައްދަށް އަރައިގެން ދާނަމަ އެދަނީ އޮފީހުގެ ހުއްދަ ލިބިގެންތޯ ބެލުން އަދި ހުއްދަނެތި ދާނަމަ އެމީހުން ހުއްޓުވާ އޮފީހަށް ރިޕޯރޓް ކުރުން.
  • މުވައްޒަފުންމަސައްކަތުގެ މާހައުލުގައި ކުންފުނިއާއި އަދި އިސްލާމްދީނާއި ޚިލާފު އެއްވެސް ޢަމަލެއް ފާހަނގަ ކުރެވިފައިވާނަމަ އެކަމެއް ރިޕޯރޓް ކުރުން.
  • ރަށުތެރޭގައި މުވައްޒަފުންގެ ފަރާތުން އެއްވެސް ކަހަލަ މާރާމާރީއެއް ނުވަތަ އެފަދަ އަމަލެއް ކުރަން އުޅޭކަމަށް ފާހަނގަ ކުރެވޭނަމަ އެކަމެއް ހުއްޓުވާ ލަސްނުކޮށް އެޑްމިންއަށް އެކަމެއް ރިޕޯރޓް ކުރުން.
  • ސެކްޝަނުގައި މަސައްކަތް ކުރަމުންދާ އެހެންމުވައްޒަފުންނާއި ގުޅިގެން ރައްޓެހި ރަހްމަތްތެރި މާހައުލެއްގައި އެހީތެރިކަން    ފޯރުކޮށްދީގެން މަސައްކަތް ކުރުން އަދި މެނޭޖްމެންޓްން ރާވާ ހިންގާ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދޭން ވާނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ  (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް)

ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ އީމެއިލް ކުރައްވާނީ   [email protected] އަށެވެ.
  • ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 17 އޭޕްރީލު 2024 , މެންދުރު 14:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 

 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި އޮރިއެންޓޭޝަން ދިނުން އޮންނާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް. ގއ. ކޫއްޑޫގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7787186/9150006 ފޯނަށް ގުޅުއްވުން އެދެމެވެ.

16 އޭޕްރިލް 2024
ހޯދާ