މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024-2025 ވަނަ އަހަރަށް ޓީޗަރުން ހޯދުން

              މިސްކޫލްގައި މިހާރު ކިޔަވައިދެމުންދާ ބޭބީނާސަރީ އަދި  ނާސަރީ ކުލާހަށް ކިޔަވައިދިނުމަށް ޓަކައި ތިރީގައި މިދަންނަވާ މަޤާމަށް ޓީޗަރުން ބޭނުންވެއެވެ.

    *   1 –  މަޤާމު : ވަގުތީ ޓީޗަރ  ( ކޮންޓްރެކްޓް )

        2-   ބޭނުންވާ އަދަދު: 2

       3 -  މުސާރަ : މަހަކު 3500.00 ރުފިޔާ

       4- އެހެނިހެން އިނާޔަތް: ރަމަޟާން އެލަވަންސް އަދި އިތުރުގަޑީގައި މަސަތްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ

       5- ވަގުތު : 3 ގަޑިއިރު

       6 – ފެންވަރު ނުވަތަ ޝަރުޠު :

                   1 – ޕްރީސްކޫލް ޓީޗިންގ ސެޓްފިކެޓް އޮތުން  ނުވަތަ

                   2 – ޖީސީއީ އޯލެވެލް ހަދާފައިވުން .

       7 – މަޤާމުގެ މަސައްކަތް :     

               – ސްކޫލް ހުޅުވުމާއި ، ބަންދުކުރުން

-        ކަނޑައެޅޭ ޓައިމްޓޭބަލާ އެއްގޮތަށް ކްލާސްތަކުގައި ކިޔަވާދިނުމާއި ، ކިޔަވާދިނުމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން .

-        އިދާރީގޮތުން ސްކޫލްގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

-        ބެލެނިވެރިންނާ ގުޅިގެން ހިންގަންޖެހޭ އިތުރު ޙަރަކާތްތަށް ހިންގުން.

-        ސްކޫލް ހިންގުމާއި ގުޅޭގޮތުން ކައުންސިލުން އަންގަވާކަންކަން ކުރުން.

 

             ވީމާ ، މިމަޤާމުތަކަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިޔެކިޔުންތަކާއެކު 28 އެޕްރީލް 2024 ވާ އާދިއްތަ ދުވަހުގެ  13.00 ގެ ކުރިން ބ.ގޮއިދޫ ކައުންސިލް އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ.

             1 ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ، އައިޑީކާޑުގެ ކޮޕީ

             2 ތަޖުރިބާގެ ލިޔުން .

           މިމަޤާމްތަކަށް މީހުން ހޮވުން އޮންނާނީ މެރިޓް އުޞޫލުންނެވެ. މިގޮތުން   ފަންނީޤާބިލްކަން  ހުރިމިންވަރު ދެނެގަތުމުގެގޮތުން އިންޓަވިޔުއެއް ބޭއްވޭނެއެވެ. އަދި މީގެ އިތުރުން ޕްރެކްޓިކަލް ޓެސްޓެއްވެސް ދެވޭނެއެވެ.            

            މިހެންވެ ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

16 އޭޕްރިލް 2024
ހޯދާ