ހަނިމާދޫ މެޖިސްޓްރޭޓް ކޯޓް، ހދ. ހަނިމާދޫ
ދިވެހިރާއްޖެ
ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުގެ މަރާމާތު މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

 

މިކޯޓުގެ ބައެއް މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި ކުރެވުނު، މިކޯޓުގެ ނަންބަރު B3C-A/2024/3 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށް ބީލަން ހުށަހަޅާފައިނުވާތީ އެމަސައްކަތަކަށް ބީލަން ހުށަހެޅުމުގެ ދެވަނަ ފުރުޞަތު ހުޅުވާލަމެވެ.

  1. މިކޯޓުގެ ތިރީގައިވާ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1.1.   ރިސެޕްޝަން ހެދުމުގެ މަސައްކަތް

1.2.   ވެއިޓިންގ އޭރިއާ 2 ފާރު ތަޅާލައި ދޮރުސެޓް ބަދަލުކޮށް އެތެރެއަށް ބަދަލުގެނައުން

1.3.   ވެއިޓިންގ އޭރިއާ ސީލިންގ ޕީވީސީ ސީލިންގ އަށް ބަދަލުކުރުން

1.4.   ވެއިޓިންގ އޭރިއާގެ ބިތުގައި 2.5 ފޫޓަށް (އުސްމިން) މުށި ޖެހުން.

1.5.   ކޯޓުރޫމް ކުޑަދޮރު ބެއްދުން

  1. މި މަސައްކަތް ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

2.1- ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން 2.2 ގައި ބަޔާންކުރާ ފަރާތްތަކަށެވެ.

I. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް.

II. ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

III. ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

IV. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

2.2- 2.1 ގައި ބަޔާން ކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް.

  1. މިމަސައްކަތާ ގުޅޭ ތަފްޞީލް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2024 އެޕްރީލް 18 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިކޯޓު (ހދ.ހަނިމާދޫ މެޖިސްޓްރޭޓް ކޯޓު) ގައެވެ.މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ  2024 އެޕްރީލް 25 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިކޯޓު (ހދ.ހަނިމާދޫ މެޖިސްޓްރޭޓް ކޯޓު) ގައެވެ.
  3. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހދ.ހަނިމާދޫ މެޖިސްޓްރޭޓް ކޯޓު، ހދ.ހަނިމާދޫ  ދިވެހިރާއްޖެ ،ފޯން: 6520073 ، 6521679                 

އީ-މެއިލް: [email protected]

07 ޝައްވާލް 1445

16 އެޕްރީލް  2024

16 އޭޕްރިލް 2024
ހޯދާ