ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ފެސިލިޓީސް ސުޕަވައިޒަރ

ވަޒީފާގެ ފުރުސަތު: ފެސިލިޓީސް ސުޕަވައިޒަރ

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި މި މަޤާމުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުގެ ތަފްސީލް މި އިއުލާން އާ އެޓޭޗް ކުރެވިފައިވާނެއެވެ.

މަޤާމު

ފެސިލިޓީސް ސުޕަވައިޒަރ

ބޭނުންވާ އަދަދު

01

ކުރިމަތިލުމުގެ  ސުނަގަޑި

22 އޭޕްރިލް 2024 ހޯމަ ދުވަހުގެ 16:00

ވަޒީފާއަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކުގައިވާ އޮންލައިން ފޯމް ފުރުއްވައި ހުށަހެޅުއްވުން އެދެމެވެ.

https://forms.gle/9K25y8KrVGymU8576

ވަޒީފާއަށް އެދި ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް:

  1. ވަޒީފާއަށް އެދޭ ފޯމު
  2. ސީވީ 
  3. މުއްދަތު ހަމަނުވާ އައިޑީ ކާރޑް ކޮޕީ
  4. އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ 
  5. ޕޮލިސް ރިޕޯޓް (ހުށަހަޅަންވާނީ 01 މަސް ނުވާ ޕޮލިސް ރިޕޯޓެއް)
  6. ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ (މަސައްކަތް ކުރި އިދާރާ، މަގާމު، މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އިގޭނެ ގޮތައް ސިޓީގައި ހިމަނައިފައިވުން)

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްތަކުގެ 08:00 – 16:00 އާ ދެމެދު މި ކޯޕަރޭޝަންގެ ނަންބަރު 7318778 ފޯނަށް ގުޅުއްވުން ނުވަތަ [email protected] އިމެއިލަށް ލިޔުއްވުން އެދެމެވެ.

15 އޭޕްރިލް 2024

15 އޭޕްރިލް 2024
ހޯދާ