ކުނަހަންދޫ ސްކޫލް، ލ. ކުނަހަންދޫ
ދިވެހިރާއްޖެ
2024 ވަނަ ދިރާސީ އަހަރު ސްކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލުން

2024 ވަނަ ދިރާސީ އަހަރު ސްކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލުން

2024 ވަނަ ދިރާސީ އަހަރު މި ސްކޫލަށް ކުދިން ވެއްދުމަށް ފުރުޞަތު ހުޅުވާލަމެވެ. ސްކޫލަށް ކުދިން ވެއްދޭނީ، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން، 2024 ވަނަ ދިރާސީ އަހަރު ސްކޫލަށް ކުދިން ވެއްދުމާގުޅޭ ސަރކިއުލާއާ އެއްގޮތަށެވެ.

 

ކުދިން ވެއްދުމުގައި ބަލާނެ މިންގަނޑުތައް:

     

ސްކޫލަށް ކުދިން ވެއްދުމާއި، އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގައި ޢުމުރުފުރާ ބަލާނެގޮތާއި، ސަރކިއުލާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތައް ތިރީގައި ޙިއްސާކޮއްފައި އެވަނީއެވެ.

ގްރޭޑް

2024 ވަނަ ދިރާސީ އަހަރު ކުދިން ސްކޫލަށް ވައްދާ ޢުމުރުފުރާތަށް

އެލް. ކޭ. ޖީ

2023 ވަނަ އަހަރުގެ ޑިސެމްބަރު 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން

ޔޫ. ކޭ. ޖީ

2023 ޑިސެމްބަރު 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން

2023-2024 ދިރާސީ އަހަރު އެލް. ކޭ. ޖީ ފުރިހަމަކޮއްފައިވާ ހުރިހާ ދަރިވަރުން، 26 މޭ 2024 ގައި ފެށޭ 2024 ދިރާސީ އަހަރު ޔޫ.ކޭ.ޖީ އަށް ބަދަލުކުރެވޭނެއެވެ.

ގްރޭޑް 1

2023 ޑިސެމްބަރ 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން

2023-2024 ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން، 26 މޭ 2024 ގައި ފެށޭ 2024 ދިރާސީ އަހަރު ގްރޭޑް 1 އަށް ބަދަލުކުރެވޭނެއެވެ.

  • އެއްވެސް ކުއްޖަކު ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި އެއް ގްރޭޑުން އަނެއް ގްރޭޑަށް ބަދަލު ނުކުރެވޭނެއެވެ.
  • އެލް.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމުގައި 4 އަހަރު ފުރިހަމަ ވެފައިވޭތޯ ބަލާނީ، އެ ދިރާސީ އަހަރަކަށް ދަރިވަރުން ވެއްދުމަށް ޢުމުރު ހަމަކުރުމަށް ކަނޑައަޅާފައިވާ އެއްމެފަހު ދުވަހަށް 4 އަހަރު ފުރިހަމަވުމުންނެވެ.
  • ދިރާސީ އަހަރު ފެށޭފަހުން 4 އަހަރު ވެފައިވާ ދަރިވަރުން، ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި އެލ.ކޭ.ޖީއަކަށް ނުވައްދާނެއެވެ.
  • އެލް.ކޭ.ޖީއަށް ވަދެވޭނީ، ނިމުނުއަހަރު ޑިސެމްބަރު 31 އަށް 4 އަހަރު ފުރިފައިވާ ކުދިން ކަމުގައި

ކަނޑައަޅާފައި ވީނަމަވެސް ހިނގާ އަހަރުގެ 31 މާރިޗުގެ ނިޔަލަށް 4 އަހަރު ފުރިފައިވާ ކުދިންނަށް އެލް.ކޭ.ޖީއަށް ވަނުމުގެ ފުރުޞަތު ބެލެނިވެރިޔާ އެދިއްޖެނަމަ އެކުއްޖާއަށް ދެވިދާނެއެވެ.

  • މިނިސްޓްރީއިން ޢަމަލުކުރަމުންދާ އާއްމު އުޞޫލާ އެއްގޮތްވާގޮތުގެ މަތިން އެއްވެސް ދަރިވަރަކު އެ ދަރިވަރަކު ހުރި ގްރޭޑްގައި ރިޕީޓް ނުކުރާނެއެވެ. ނަމަވެސް ޚާއްޞަ ހާލަތެއް ނުވަތަ މަޤުބޫލު ޢުޒުރެއް އޮތުމުން މިހާރު ކިޔަވަމުންދާ ގްރޭޑްގައި ރިޕީޓްކުރުމަށް ބެލެނިވެރިޔާ އެދިއްޖެ ޙާލަތެއްގައި އެކަން ސްކޫލް މެދުވެރިކޮށް މިނިސްޓްރީއަށް ހުށަހެޅިދާނެއެވެ. އަދި ރިޕީޓް ކުރެވޭނީ ހުށަހެޅިފައިވާ ލިއުންތަކަށް ރިޢާޔަތްކޮށް މިނިސްޓްރީއިން ލިއުމުން ހުއްދަ ދިނުމުންނެވެ.
  • ދަރިވަރުން ސްކޫލަށް ވައްދަން އެދޭ ފަރާތްތަކުން ފުރިހަމަކޮށްފައިވާ ސްކޫލް އެޑްމިޝަން ފޯމާއެކު، ހުށަހަޅަންޖެހޭ ލިއުންތަކާއެކު، 2024 މޭއި 15 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

 

  • ސްކޫލް އެޑްމިޝަން ފޯމާއެކު ތިރީގައިވާ ލިއުންތަށް ހުށަހަޅަންވާނެއެވެ.

ކުއްޖާގެ އައިޑީކާޑާއި އުފަންދުވަހުގެ ސެޓްފިކެޓްގެ އަސްލާއި ކޮޕީ

ބެލެނިވެރިޔާގެ އައިޑީ ކާޑުގެ އަސްލާއި ކޮޕީ

ކުއްޖާގެ ވެކްސިން ކާޑުގެ އަސްލާއި ކޮޕީ

  • ދަރިވަރުން ސްކޫލަށް ވެއްދުމާގުޅޭގޮތުން ސުވާލެއްވާނަމަ، ސްކޫލުގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ނުވަތަ ފޯނުން ގުޅުއްވާނަމަ، 6800744 ނަމްބަރާ ގުޅުއްވުން އެދެމެވެ.

 

 

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

06 ޝައްވާލް 1445

15 މޭއި 2024

15 އޭޕްރިލް 2024
ހޯދާ