ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށި އަޅަމުންދާ ސަރަހައްދުގައިވާ އާއްމުންގެ ރުއްގަސް ނެގުމާގުޅޭ

ރަށުގެ ދެކުނުކޮޅުން ކުނިކޮށިއެޅުމަށް މިކައުންސިލުން ކަނޑައަޅައި ސާފުކުރެވިފައިވާ ސަރަހައްދުގައި ބައެއް ފަރާތްތަކުން ގަސް އިންދާފައިވާކަން މިއިދާރާއަށްވަނީ ފާހަގަކުރެވިފައެވެ. ކުނިކޮށީގެ މަސައްކަތް މިވަގުތު ކުރެވެމުންދާތީ މިސަރަހައްދުގައި އިންދާފައިވާ ގަސްތައް 21 އޭޕްރީލް 2024 ވަނަ ދުވަހުގެ ކުރިން ނެގުމަށް ދަންނަވަމެވެ. މިސަރަހައްދަކީ ކައުންސިލުން ރުއްގަހުގެ ބަދަލުދީ ސާފުކުރެވިފައިވާ ސަރަހައްދެއްކަމުން މިތާރީހަށްފަހުގައި މިތަކެތި ނެގުމަށް އިތުރުފުސަތެއް ދިނުމަށް ހަމަޖެހިފައިނުވާކަމުގައި ދަންނަވަމެވެ. އަދި މިތާރީހަށްފަހުގައި މިސަރަހައްދުގައި ނެގިފައިނުވާ ގަސްތައް ކައުންސިލުން ނެގުމަށްފަހު ކުނިކޮށީގެ މަސައްކަތް ކުރިޔައްގެންދެވޭނޭކަމުގައި ދެންނެވީމެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

15 އޭޕްރިލް 2024
ހޯދާ