ނިލަންދޫ ސްކޫލް/ ގއ. ނިލަންދޫ
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުން ސްކޫލަށް ވެއްދުމާއި ގުޅޭ

f

 

 

ނިލަންދޫ ސުކޫލް

ހުވަދު އަތޮޅު އުތުރުބުރީ ނިލަންދޫ، ދިވެހިރާއްޖެ

Nilandhoo School

North Huvadhu Atoll, Nilandhoo

Republic of Maldives

 

 

 

ނަންބަރު: GS-195/IUL-2024/03

އިޢުލާން

2024ވަނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުން ސްކޫލަށް ވެއްދުމާއި ގުޅޭ

              ސުކޫލުތަކަށް ކުދިން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމުގައި 2024 ވަނަ އަހަރުގެ ދިރާސީ އަހަރު ޢަމަލުކުރާނެ އުސޫލުގެ ދަށުން ނިލަންދޫ ސުކޫލްގެ އެލްކޭޖީ ، ޔޫކޭޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

               ވީމާ، 2023-2024 ވަނަ އަހަރު، އެލްކޭޖީ، ޔޫކޭގީ އަދި ގްރޭޑު 1 އަށް ވައްދަން އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުން 16 އޭޕްރިލް 2024 އިން ފެށިގެން 25 އޭޕްރިލް 2024 ގެ ނިޔަލަށް ރަސްމީ ބައްދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު 12:00 އަށް ސްކޫލްގައި ކުރިއަށްދާނެއެވެ. އިތުރު މައުލޫމާތު ހޯދުމަށް 7983074 ނަންބަރާއި ގުޅުއްވުން އެދެމެވެ.

  • އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަކަށް ވައްދާނީ ނުވަތަ އެއްސުކޫލުން އަނެއް ސުކޫލަށް ބަދަލު ކުރާނީ ތިރީގައިމިވާ ތާވަލްގައި ވާ ގޮތަށް އުމުރު ހަމަވާ ކުދިންނެވެ.

ގްރޭޑް                 

2024 ވަނަ އަހަރު ދަރިވަރުން ވައްދާ ޢުމުރުފުރާތައް

އެލްކޭޖީ                 

2023 ޑިސެމްބަރ 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން                                                   

ޔޫކޭޖީ                 

2023 ޑިސެމްބަރ 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން                                                   

2023-2024 ދިރާސީ އަހަރު އެލް.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2024 ދިރާސީ އަހަރު (26 މެއި 2024 ގައި ފެށޭ) ޔޫ.ކޭ.ޖީ އަށް ބަދަލު ކުރެވޭނެއެވެ.              

ގްރޭޑު 1                

2023 ޑިސެމްބަރ 31 އަހަރު 6 އަހަރު ފުރި 7 އަހަރު ނުފުރުން                                                  

2023-2024 ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2024 ދިރާސީ އަހަރު ( 26 މެއި 2024 ގައި ފެށޭ) ގްރޭޑް 1 އަށް ބަދަލު ކުރެވޭނެއެވެ.             

ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެތި:

v      ކުއްޖާގެ އައިޑެންޓިޓީ ކާޑު ކޮޕީ.

v      މަންމަ، ބައްޕަ އަދި ބެލެނިވެރިޔާ އައިޑީ ކާޑް ކޮޕީ.

v      ވެކްސިން ދެވިފައިވާ ގޮތް އަންގައިދޭ ވެކްސިން ކާޑުގެ އަސްލާއި ކޮޕީ.

06 ޝައްވާލް 1445

                                                       15 އޭޕްރިލް 2024

ޚަދީޖާ އިބްރާހިމް

ޕްރިންސިޕަލް

15 އޭޕްރިލް 2024
ހޯދާ