ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމު

މަޤާމު

އިމާމު

ރޭންކް.

ޖީ.އެސް. 3

ކްލެސިފިކޭޝަން.

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ގިންތި

ދާއިމީ

ސަރވިސް

ޖެނެރަލް ސާރވިސް

އޮފީސް /ސެކްޝަން:

ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާ/ އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

މަސައްކަތްކުރަންޖެހޭތަން

ކޮނޑޭ ކައުންސިލް އިދާރާގެ ބެލެމުގެ ދަށުގައިވާ މިސްކިތްތައް.

މުސާރަ.

-/4,465ރ

ސަރވިސް އެލަވަންސް.

-/1,500ރ

ބޭނުންވާ އަދަދު.

01

މަޤާމުގެ ޝަރުޠުތައް:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު
  • މުދިން ކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ
  • ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން، ނުވަތަ

    ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް.

1. މިސްކިތު އިމާމުގެ ހައިސިއްޔަތުން ހަވާލުކުރެވޭ މަސްއޫލިއްޔަތާއެކު، މިސްކިތު މަސައްކަތު މީހުންގެ މަސައްކަތް ބަލައި ރަނގަޅުކުރަން ހުންނަ ކަންކަން ރަނގަޅުކުރުމަށް އިރުޝާދު ދިނުމާއި، އެމަސައްކަތް ކުރުވުމާއެކު މިސްކިތް ބެލެހެއްޓުމުގެ އިސް މުވައްޒަފުގެ ހައިސިއްޔަތުން މިސްކިތުގެ މަސައްކަތު މީހުން ކުރާ މަސައްކަތް ސުޕަވައިޒު ކުރުން.

2. ނަމާދު ވަގުތަށް ފަރުވާތެރިވެ، ކޮންމެ ދުވަހަކު ފަރުޟު ފަސްނަމާދާއި ހުކުރުނަމާދު ވަގުތުގައި ބަންގި ގޮވުމާއި އިމާމުވެ ފަރުޟު ފަސް ނަމާދުކުރުން.

3. މިސްކިތަށް ދަތިވާ ކޮންމެ ކަމެއް ކައުންސިލްގެ އިދާރާއަށް އަންގައި އެކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރުން

4. ރަމަޟާން މަހު މިސްކިތުގައި އިމާމުވެ ތަރާވީޙުނަމާދު ކުރުން.

5. އިމާމުވެ ހުކުރުނަމާދާއި ކޭތަނަމާދާއި ޢީދުނަމާދު އަދި ކަށުނަމާދު ކުރުން.

6. އިމާމެއްގެ ކިބައިގައި ހުރުމަށް ލާޒިމުކުރާ އަޚުލާޤީ މިންގަނޑާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުން.

7. މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަންކަން ކައުންސިލްގެ އިދާރާއަށް އަންގައިގެން ރަނގަޅުކުރުން

8. މިސްކިތުގައި ކުރަންޖެހޭ ކަށުނަމާދު ކުރުމާ ބެހޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.

9. މިސްކިތު މަސައްކަތު މީހުން ލައްވާ ކޮންމެ ނަމާދުވަގުތެއްގެ 15 މިނިޓްއިރުގެ ކުރިން މިސްކިތް ސާފުކުރުވުން

10. މިސްކިތު މަސައްކަތު މީހުން ލައްވާ އެމީހުންނާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ބަރާބަރަށް ކުރުވައި މިސްކިތުގެ ވަޅުތަކާއި ފާޚާނާތަކާއި އަދި ގޯތިތެރެއާއި މިސްކިތް ސާފުތާހިރުކޮށް ބެލެހެއްޓެވުން

11. މިސްކިތުގެ އިމާމު ކައުންސިލްގެ އިދާރާއަށް ނުކުމެ ސޮއިކޮށްފައި ވަނިކޮށް، ހަމައެދުވަހު އިމާމުމީހާއަށް ކަމެއްދިމާވެގެން މިސްކިތަށް ދިއުމަށް އުޒުރުވެރިވެއްޖެނަމަ އެދުވަހުގެ ބާކީއޮތްބަޔަށް މިސްކިތަށް އިމާމަކު ހަމަޖެއްސުމަކީ މިސްކިތް ހަވާލުކޮށްފައިވާ އިމާމުމީހާގެ ޒިންމާއެކެވެ. މިގޮތުން ހަވާލުކުރައްވާ އިމާމަކީ ތަޖުވީދު މަގުން ޤުރުއާންކިޔަވަން އެނގޭ މީހަކަށް ވުމާއި، ރީތިކޮށް ބަންގި ގޮވަން ދަންނަ މީހަކު ކަމުގައި ވާންވާނެއެވެ.

12. ރަސްމީ ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ 12:00 ގެ ކުރިން ކައުންސިލްގެ އިދާރާގައި އޮންނަ މުވައްޒަފުން ސޮއިކުރާ ފޮތުގައި ސޮއި ކުރައްވަންވާނެއެވެ.

13. މިސްކިތު ވަގުތު ހާޒިރީ ފުރިހަމަ ކުރުމާއި މަސައްކަތު މީހާގެ ހާޒިރީ ޗެކްކޮށް ސްޕަވައިޒް ކުރުން.

14. މިސްކިތުގައި ޤުރުއާން ކްލާސްތައް ހިންގުމަށް ހަމަޖައްސައިފިނަމަ އެ ކްލާސް ހަމަޖެހިފައިވާ ގަވާއިދުން ކުރިއަށް ގެންދިއުމާއި ކްލާހުން ކިޔަވާ ކުދީންގެ ޤުރުއާން ކިޔެވުމުގެ ފެންވަރު މަތިކޮށް އަޚުލާޤީ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރުން

15. މީގެ އިތުރުންވެސް ކައުންސިލްގެ އިދާރާއިން މަޤާމާ ގުޅޭގޮތުން ހަވާލުކުރާ މަސައްކަތް ފަރުވާތެރިކަމާއެކު ކުރުން.

16. އެއްވެސް ސަބަބަކާހުރެ މިސްކިތު މަސައްކަތު މީހުން ހާޒިރުނުވާ ވަގުތެއްގައި ނަމަ، މިސްކިތުގެ އިމާމު މިސްކިތް ސާފުކުރުމާއި އަދި ނަމާދުކޮށް ނިމިގެން ދަމުން ބޮކި، ހޮޅިބުރިއާއި ފަންކާ ނިއްވުމާއި، މިސްކިތުގެ ދޮރުތައް ލެއްޕުން.

17. މިސްކިތުގައި ދީނީ ދަރުސްތައް ދިނުން ފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އަދި ނިމެންދެން މިސްކިތުގައި މަޑުކުރުން. އަދި ދީނީ ދަރުސް ދިނުމުގެ ރެކޯޑުތައް (ދީނީ ދަރުސް ދެއްވި ތާރީޚާއި އަދި މައުޟޫޢު އަދި ދަރުސް ދެއްވި ބޭފުޅެއްގެ ފުރިހަމަ ނަމާއި އެޑްރެސް އެނގޭގޮތަށް ފޮތެއްގައި ލިޔެ)  އެރެކޯޑުތައް ބަލަހައްޓައި ކޮންމެ ނިމޭ މަހެއްގެ 16 އިން ހިނގާމަހުގެ 15 އަށް ރިޕޯޓް ތައްޔާރުކޮށް، ކައުންސިލްގެ އިދާރާއަށް ހުށަހެޅުން (ރިޕޯޓް ތައްޔާރުކުރުމުގައި ކައުންސިލްގެ އިދާރާގެ އެއްބާރުލުން ހޯދުން)

18. މިދެންނެވި ޚިދުމަތްތަކާ ގުޅިގެން ކައުންސިލްގެ މަޝްވަރާގެ މަތިން ޢާންމުންނަށް އަންގަންޖެހޭ އެންގުންތައް އެންގުމާއި ހޯދަންޖެހޭ މައުލޫމާތު ހޯދައި އެކަންކަން ބެލެހެއްޓުން.

19. މި ޚިދުމަތްތަކާ ގުޅިގެން އެކިއެކި ފަރާތްތަކަށް ފޮނުވާ އަދި ހާމަ ކުރަންޖެހޭ އެންމެހާ މަޢުލޫމާތާއި ލިޔުންތައް ހާމަކުރާނީ އެވަގުތަކު ކައުންސިލް ހިންގުމާ ހަވާލުވެހުންނަވާ ވެރިޔަކު ލައްވައި ސޮއިކުރުވައި އަދި އިދާރާގެ ސިއްކަ ޖަހާފައިވާ ލިޔުމަކުންނެވެ.

20. އެއްވެސް ނޫސް މަޖައްލާއަކަށް ނުވަތަ ރޭޑިއޯ ޓީވީ ޗެނެލަކަށް ރަސްމީގޮތުން މަޢުލޫމާތު ދެއްވާނަމަ އެމަޢުލޫމާތެއް ދެއްވަންވާނީ ކައުންސިލްގެ އިދާރާ ހިންގުމާ ހަވާލުވެހުންނަވާ ވެރިއަކާ މަޝްވަރާކޮށް އެފަރާތަކުން ދެއްވާ ލަފާގެ މަތީންނެވެ.

21. މިސްކިތަށް ހޯދަންޖެހޭ ތަކެތި ބަޖެޓުގައި ހިމެނުމަށް ކައުންސިލްގެ ބަޖެޓް ހެދުމުގެ މަރުޙަލާގައި، ކައުންސިލްގެ އިދާރާގެ ފައިނޭންސްއާބެހޭ ބަޔަށް އެ މަޢުލޫމާތު ފޯރުކޮށްދިނުން.

22. މިސްކިތް ބެލެހެއްޓުމުގެ މަސައްކަތާ ގުޅިގެން އަންނަ ސިޓީ މެސެޖްތަކާއި އަދި ފޮނުވާ ސިޓީ މެސެޖްތަކާއި އަދި ރިޕޯޓްތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގައި މިސްކިތުގެ މަސައްކަތް ކުރާ އިސް މުވައްޒަފުގެ ހައިސިއްޔަތުން ކައުންސިލްގެ އިދާރާއަށް އެއްބާރުލުންދީ އިދާރީ މަސައްކަތެއް ކުރުމަށް ކައުންސިލްގެ އިދާރާއިން އެދިއްޖެނަމަ އެކަން ކުރުން.

23. އިންސާފު ވެރިކަމާއި، ތެދުވެރިކަމާއެކު ވަކިފަރާތަކަށް ނުޖެހި، ސިޔާސީ އެންމެހާ ނުފޫޒުތަކުން އެއްކިބާވެ ހުރެ މަތީގައިވާ މަސައްކަތްތައް ކުރުން.

24. ކައުންސިލްގެ އިދާރާގެ ހުރިހާ ޔުނިޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އަދި ކައުންސިލަރުންނާ ގުޅިގެން އެކުވެރިކަމާއި އެއްބާރުލުން ދެމެހެއްޓުމަށް މަސައްކަތް ކޮށް، އަދި މަސައްކަތް ކުރެވޭ މާޙައުލަކީ ހިތްހަމަ ޖެހިގެން ރަނގަޅު ފެންވަރުގެ ޚިދުމަތެއް ފޯރުކޮށްދޭ މާޙައުލަކަށް ހެދުމަށް މަސައްކަތް ކުރުން.

25. މީގެ އިތުރުން ސަރުކާރުން ރައްޔިތުންނަށް ދެއްވާ ޚިދުމަތްތަކުގެ ތެރެއިން ޔުނިޓާ ހަވާލު ކުރައްވާ މަސައްކަތްތައް ކުރާނެ ވަކި މުވައްޒަފަކު ނެތުމުގެ ސަބަބުން، ކުރުމަށް ހަވާލުކުރެވޭ ރަސްމީ މަސައްކަތްތައް ކުރުން.

26. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ވަޒީފާއާބެހޭ ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ ޚިލާފު ނުވާގޮތަށް ސިވިލްސަރވިސް މުވައްޒަފެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލެވޭނެ ކަންތައްތައް.

  • ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ފެންވަރު އަދި ޤާބިލުކަމާއި ސިފަތައް

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު

  • މިމަޤާމަށް މީހަކު ހޮވުމަށްޓަކައި ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
  • އިންޓަރވިއުއަށް ހާޒިރުވާނީ ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި، ލިޔުންތަކުގެ އަސްލު ހިފައިގެންނެވެ.

މަޤާމާށް އެދެންވީ ގޮތާއި ސުންގަޑި

2015 މޭ 7 ވަނަ ދުވަހުގެ 14:30 ގެ ކުރިން ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާއަށް

އުޖޫރައާއި އިނާޔަތްތައް.

  • މަޤާމުގެ މުސާރަ -/4,465ރ
  • ސާރވިސް އެލަވަންސް -/1,500ރ
  • ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެވެ.
  • މަސައްކަތްކުރާ ބަންދު ދުވަސްތަކަށް ބަންދު ދުވަހުގެ އެލަވަންސް ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކުރާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  5. ވަޒީފާގައި އުޅޭ ފަރާތެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ދޫކުރާނެ ކަމުގެ ލިޔުން.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6820019 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީވެސް 6820019 އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ދުވަސްތަކުގައި މިއިދާރާއަށް ވަޑައިގެންނެވުމުން އެމަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

02 ރަޖަބު 1436

21 އޭޕްރިލް 2015
ހޯދާ