ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ދޫކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވެލައްވާ ވިލަރެސް ކޮމެޓީއަށް މެމްބަރުން ހޯދުމާއި ގުޅޭ

 

"ހދ. ވައިކަރަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލު" 24 ޖެނުއަރީ 2024 ގައި ވަނީ ގެޒެޓްގައި ޝާއިޢު ކުރެވިފައެވެ. މި އުސޫލުގެ 10 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ވަގުތީ ވިލަރެސް ކޮމެޓީ އެކުލަވާލުމަށް މިއިދާރާގެ ނަންބަރ 269/269/2024/2 (IUL) (11 ޖަނަވަރީ 2024) އިޢުލާނާއި ގުޅިގެން ވިލަރެސް ކޮމެޓީގައި  ބައިވެރިވުމަށް އެދި ހުށައަޅާފައިވަނީ އާންމުންގެ ތެރެއިން އެކެއް (1) މެންބަރުކަމުން މިކޮމެޓީގައި ބައިވެރި ވުމުގެ ފުރުޞަތު ތިރީގައި ދަންނަވާފައިވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ.

"ހދ. ވައިކަރަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލު" ގައިވާ ގޮތުގެމަތިން، ގޯތި ދޫކުރުމަށް ހުށަހަޅާ ފޯމްތައް ޗެކު ކުރުމާއި ޝަރުޠު ހަމަވާ ފަރާތްތައް ކަނޑައެޅުމަށްޓަކާ ގޯތި ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގައިވާ ގޮތުގެމަތިން އެކުލަވާލާ ކޮމެޓީގައި ޢާންމުންގެ ތެރެއިން އިތުރު 01 މެންބަރުން އަދި ވައިކަރަދޫގެ ޖަމިއްޔާތަކުން 01 މެންބަރު ހިމެނުމަށް ބޭނުންވާތީ، މިދެންނެވި ކޮމެޓީގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 21 އޭޕްރީލް 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން އެކަމަށް އެދި މި އިދާރާއަށް ސިޓީ ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަދި ދަންނަވަމެވެ. ކޮމެޓީގައި ބައިވެރިވެލެއްވުމަށް ކަނޑައެޅިފައިވާ ޢަދަދަށް ވުރެ އިތުރަށް ކުރިމަތި ލައްވައިފިނަމަ ކޮމެޓީއަށް އައްޔަންކުރާ މެމްބަރުން ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.

ވީމާ، މިކަން އާންމުކޮން އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.  

14 އޭޕްރިލް 2024
ހޯދާ