ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

 

މި އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަގާމް:

ޑްރައިވަރ

މަޤާމުގެނަންބަރު:

J-395831

މަޤާމުގެގިންތި:

ދާއިމީ

މަޤާމުގެރޭންކް:

އެސް.އެސް.2

މަޤާމުގެކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާއަދާކުރަންޖެހޭތަން

ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ

މުސާރަ

މަހަކު -/3,470 ރުފިޔާ

ސަރވިސްއެލަވަންސް

މަހަކު -/1,000 ރުފިޔާ

އެހެނިހެންއެލަވެންސް

  1. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 1200.00 (އެއްހާސް ދުއިސައްތަ ރުފިޔާ)
  2. މިނިމަމް ވޭޖް އެލަވަންސްގެ ގޮތުގައި މަހަކު 613.00 (ހަސަތޭކަ ތޭރަ ރުފިޔާ)
  3. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މަހަކު 1214.50 (އެއްހާސް ދުއިސައްތަ ސާދަ ރުފިޔާ ފަންސާސް ލާރި)
  4. ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  5. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެމައިގަނޑުމަސްއޫލިއްޔަތުތަކާއިވާޖިބުތައް:

  1. ރަސްމީ ގަޑީގައާއި ނުރަސްމީ ގަޑީގައިވެސް ޕިކަޕުގައި ކުރަންޖެހޭ ދަތުރުތައް (ކައުންސިލްގެ އިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެ ދަށުން) ކުރުން.
  2. ރަށުކައުންސިލްގެ ޕިކަޕުން ދަތުރު ކުރާއިރު ޕިކަޕަށް ގެއްލުމެއް ލިބިދާނޭ އެންމެހައި ކަންކަމުން ރައްކާތެރިކޮށް، އެ އުޅަނދު ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް ކުރުން.
  3. ދަތުރަށް ފެށުމުގެ ކުރިން، އިންޖީނުގެ އަޑީތެލާއި ޑީސަލް ހަމަޔަށް ހުރިތޯ ބަލައި ތެޔޮ މަދުނަމަ ތެޔޮ ހަމަކުރުން.
  4. ޕިކަޕަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ އެ ގެއްލުމެއްގެ މަރާމާތައް ބޭނުންވާ ތަކެތި ކަމާބެހޭ ސެކްޝަނާ ވާހަކަދައްކައިގެން ހޯދައި ކުރެވެން ހުންނަ ކުދިކުދި މަރާމާތުތައް ކުރުން. އަދި އަމިއްލައަށް ނުކުރެވޭ ވަރުގެ މަރާމާތެއް ކުރަން ވެއްޖެނަމަ ކަމާބެހޭ ސެކްޝަނަށް މަޢުލޫމާތު ދިނުން.
  5. ކުނިކޮށްޓަށް ކުނި ގެންދިޔުމުގެ ދަތުރުތައް ކުރުން
  6. ޕިކަޕަށް ކުނި ނެގުމާއި ކުނި ހުސްކުރުން، އަދި ކުނިކޮށި މެނޭޖުކުރުމުގައި ކުރަންޖެހޭ އެހެން މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން
  7. ކައުންސިލުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ މަސައްކަތް ކައުންސިލުން އަންގާ ގޮތެއްގެ މަތިން ސުޕަވައިޒުކޮށް ބެލެހެއްޓުން.
  8. ޕިކަޕުގެ މަސައްކަތް ނިންމާފައި ބޭއްވުމުގެކުރިން ކޮންމެ ދުވަހަކުވެސް ޕިކަޕު ރަނގަޅަށް ދޮވެ ސާފުކޮށް ޕިކަޕު ބާއްވަން ޚާއްޞަކުރެވިފައިވާ ތަނުގައި ބޭއްވުން.
  9. ކައުންސިލުން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި ކައުންސިލުގެ މަސައްކަތު ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
  10. ރަށުގެ ތަރައްޤީއަށްކުރެވޭ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  11. ކައުންސިލް އިދާރާއިން ފާހަގަކުރާ ދުވަސްތައް ފާހަގަ ކުރުމުގައި މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުން.
  12. ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލް އިދާރާއާ ގުޅިގެން ރަށަށް ޒިޔާރަތްކުރާ ޓީމުތަކާއި ދައުލަތުގެ ވެރިން ރަށަށް ޒިޔާރަތްކުރުމާ ގުޅިގެން އެ ފަރާތްތަކަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ކައުންސިލް އިދާރާގެ ވެރިން ނުވަތަ ސްޕަވައިޒަރ އަންގަވާ ގޮތެއްގެ މަތިން ކުރުން.
  13. ކައުންސިލުގެ އެކިއެކި ބޭނުންތަކަށާއި ރައްޔިތުންގެ ބޭނުންތަކަށް ހޯދާ މުދަލާއި، މިނޫން ތަކެތި ކަމާބެހޭ މުވައްޒަފަކު އަންގަވާ ގޮތެއްގެ މަތިން ގުދަންކޮށް ރައްކާކުރުމާއި ގުދަނުންމުދާ ނެރެންޖެހޭ ޙާލަތްތަކުގައި މުދާ ނެރެ ޙަވާލު ކުރަންޖެހޭ ފަރާތްތަކަށް ޙަވާލު ކުރުމަށް ކުރަންޖެހޭ ދަތުރުތައް ކުރުން
  14. ރަށަށް ދިމާވާ ކުއްލި ނުރައްކަލުގެ ވަގުތު ތަކުގައި އަދި ކައުންސިލް އިދާރާއަށް ކުއްލިއަކަށް ދިމާވާ ނުރައްކާތެރި ހާލަތްތަކުގައި ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުން ގުޅިގެން މަސައްކަތް ކުރުމަށް ކައުންސިލް އިދާރާއިން ނިންމަވާ އުސޫލެއްގެ މަތިން ސުޕަވައިޒަރުގެ ލަފަޔާ މަޝްވަރާއާއެކު އެ މަސައްކަތުގައި ބައިވެރިވުން.
  15. ކައުންސިލްގެ މަސައްކަތްތަކުގެ ތެރެއިން ޚާއްސަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  16. ކައުންސިލްގެ މަސައްކަތްތަކާއި ގުޅިގެން ޙަވާލުކުރެވޭ މިނޫން މަސައްކަތްތަކާއި، އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުން.
  17. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒު ކުރުމަށް ފުރިހަމަޔަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެ މަތީން ކުރުން.
  18. ކައުންސިލުގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލުގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން

މަޤާމުގެޝަރުތުތައް:

1   އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން އެނގުން / މަގާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް/ ހުއްދައެއް ހާސިލްކޮށްފައިވުން.

މަޤާމާގުޅޭވަޒީފާގެދާއިރާ

  • ޓްރާންސްޕޯޓް ސަރވިސް

ނޯޓް: މިމަޤާމަށް އެދި ހުށަހަޅުއްވާ ފަރާތްތަކުން މޯލްޑިވްސް ޓްރާންސްޕޯރޓް އޮތޯރިޓީއިން ގަބޫލުކުރާ C1 އަދި C2 ކެޓަގަރީ ލައިސަންސް (މުއްދަތު ހަމަނުވާ) ހުށަހަޅުއްވަން ވާނެއެވެ.

ހުށަހަޅަންޖެހޭލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ(މުއްދަތު ހަމަވެފައިވީނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް
  4. ސިވިލްސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެއެއްބަސްވުމެއް އޮތްމުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށްއެންމެޤާބިލުފަރާތެއްހޮވުމަށްބެލޭނެކަންތައްތައް:

  1. މަސައްކަތު ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން،
  2. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން

މަޤާމަށްއެދެންވީގޮތާއިސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 އެޕްރީލް 2024 ވާބުދަދުވަހުގެ 12:00ގެ ކުރިން، ހުވަދުއަތޮޅު އުތުރުބުރީމާމެންދޫ ކައުންސިލްގެއިދާރާ އަށެވެ. ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ އިތުރުވެއްޖެނަމަ،  މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއުއޮންނާނެތަނާއި،މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 25 އެޕްރީލް 2024 އާއި 30 އެޕްރީލް 2024 އާ ދެމެދު ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާގައެވެ.

"ވަޒީފާއަށްކުރިމަތިލީފަރާތްތަކަށްޕޮއިންޓްލިބުނުގޮތުގެޝީޓް (A2ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6820007 އަށެވެ. އީ-މެއިލް ކުރާނީ  [email protected]  އަށެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

14 އޭޕްރިލް 2024
ހޯދާ