ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ ހުސްވެފައިވާ ހިންގާ ކޮމިޓީގެ މެމްބަރު 1 ގެ މަޤާމުގެ އިންތިޚާބަށް ހުޅުވާލުން

އިޢުލާން

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ ހުސްވެފައިވާ ހިންގާ ކޮމިޓީގެ މެމްބަރު 1 ގެ މަޤާމުގެ އިންތިޚާބަށް ހުޅުވާލުން

 

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ޤަވާޢިދު (ވާރޝަން 2023) ގެ 20 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ހިންގާ ކޮމިޓީގެ ހުސްވެފައިވާ  ހިންގާ ކޮމިޓީގެ މެމްބަރު 1 ގެ  މަޤާމަށް މެމްބަރަކު އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބު 2024 އެޕްރީލް 23 ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.

ވީމާ، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީއިން ހުސްވެފައިވާ ހިންގާ ކޮމިޓީގެ މެމްބަރު 1 ގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލަމެވެ. މި މަޤާމަށް މެމްބަރަކު އިންތިޚާބުކުރެވޭނީ، މިހާރު ހިނގަމުންދާ ހިންގާ ކޮމިޓީގެ ދައުރުގެ ބާކީ މުއްދަތަށެވެ. އެ މުއްދަތު ހަމަވާނީ 1 އެޕްރީލް 2025 އަށެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ އިންތިޚާބީ މަޤާމަކަށް ކުރިމަތިލެވޭނީ އަންނަނިވި ފަރާތްތަކަށެވެ.

1-      މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެހިރައްޔިތަކަށްވުން

2-      އެސޯސިއޭޝަނުގެ މެމްބަރު ކުލަބެއްގެ މެމްބަރެއް ނުވަތަ އެސޯސިއޭޝަނުގެ އަމިއްލަ މެމްބަރަކަށްވުން، ނުވަތަ

3-      އެސޯސިއޭޝަންގެ ހިނގަމުންދާ ދައުރުގެ ހިންގާ ކޮމިޓީގެ މެމްބަރަކަށްވުން.

4-      ޖިނާޢީ ޙުކުމެއް ތަންފީޒުކުރަމުންދާ ފަރާތަކަށް ނުވުން. ނުވަތަ އެ ޙުކުމެއް ތަންފީޒުކޮށް ނުވަތަ އެފަދަ ޙުކުމެއް މަޢާފްކުރިތާ 5 އަހަރު ވެފައިވާ ފަރާތަކަށްވުން.

5-      ބުއްދި ސަލާމަތުން ހުރުން.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގައި ހިމެނޭ، ހިންގާ ކޮމިޓީގެ މެމްބަރު 1 ގެ މަޤާމަށް ކުރިމަތިލެވޭނީ ވަކި މެމްބަރެއްގެ ގޮތުގައެވެ.

ވީމާ، މި މަޤާމުތަކަށް ކުރިމަތިލުމަށް ގަސްދުކުރައްވާ ޝަރުތު ފުރިހަމަވާ ފަރާތްތަކުން، މި އިޢުލާނާއެކު މިވާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ އެހެނިހެން ލިއުންތަކާއެކު 21 އެޕްރީލް 2024 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ގެކުރިން، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ހުށަހެޅުއްވުން އެދެމެވެ.

މި އިންތިޚާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ މެމްބަރުންގެ ލިސްޓެއް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

 

14 އޭޕްރިލް 2024
ހޯދާ