އޮމަދޫ ސްކޫލް، އދ. އޮމަދޫ
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ މަރާމާތުތަކުގެ ތެރެއިން ފައުންޑޭޝަން ކުލާސްރޫމް ސީލިންގ، ދިޔަދޮވި، އަދި ސަތަރި ޖަހާފައިވާ ތަންތަން މަރާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

2024 ވަނަ އަހަރުގެ މަރާމާތުތަކުގެ ތެރެއިން ފައުންޑޭޝަން ކުލާސްރޫމް ސީލިންގ، ދިޔަދޮވި، އަދި ސަތަރި ޖަހާފައިވާ ތަންތަން މަރާތުކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

     

             މި ސުކޫލު 2024 ވަނަ އަހަރުގެ މަރާމާތުތަކުގެ ތެރެއިން ފައުންޑޭޝަން ކުލާސްރޫމް ސީލިންގ، ދިޔަދޮވި، އަދި ސަތަރި ޖަހާފައިވާ ތަންތަން މަރާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ މިދަންނަވާ ތާރީޙުގެ ކުރިން ބީލަން ހުށަހެޅުމަށް ރަސްޖިސްޓްރީކޮށް ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ސުކޫލަށް ދުރުވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "2024 ވަނަ އަހަރުގެ މަރާމާތުތަކުގެ ތެރެއިން ފައުންޑޭޝަން ކުލާސްރޫމް ސީލިންގ، ދިޔަދޮވި، އަދި ސަތަރި ޖަހާފައިވާ ތަންތަން މަރާތުކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ.

 

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

މައުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ބަލައިގަތުމާއި ކެނޑުން

2024 އޭޕްރީލް 14 ން 2024 އޭޕްރީލު 17 ވަނަ ދުވަހު 13:00 ށް

https://adhomadhooschool.edu.mv/v2/forms/

2024 އޭޕްރީލު 18 ވަނަ ދުވަހުގެ 13:00 ގައި

މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 9368084 ށް

2024 އޭޕްރީލް 25 ވަނަ ދުވަހު 13:00 ށް

            

            މި މަސައްކަތަށް ހުށަހަޅުއްވާ އަންދާސީހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި މި ސުކޫލުގެ ލައިބްރަރީގައި އޮންނާނެއެވެ. މި މަސައްކަތް ކުރުމަށް ކުރިމަތި ލެވޭނީ ވިޔަފާރި ގާނޫނު  (2014/19)ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި ތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ނަކަލެއް ގެންނެވުން އެދެމެވެ. ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަނގައިދޭ ސިޓީއާއި ބަދަލުގައި އަންނަފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންނަންވާނެއެވެ. މި މަސައްކަތުގެ މައުލޫމާތު ކަރުދާސް ( ބިޑް ޑޮކިއުމަންޓް ) މި އިއުލާނާއެކު ޑައުންލޯޑް ކުރެވެންހުންނާނެއެވެ. 

              ބީލަމުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރި ކުރެއްވުމަށް މި ސުކޫލް ވެބްސައިޓަށް ޒިޔާރަތްކޮށް، ބީލާން ހުށަހެޅުމަށް

 

 

 

 

ރެޖިސްޓްރީ ވުމަށް އެދޭ ފޯމް ފުރިހަމަ ކުރަށްވާށެވެ. އަދި ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ.  

ޝުކުރިއްޔާ

14 އޭޕްރިލް 2024
ހޯދާ