ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ފުރަމާލެ ސަރަޙައްދުގައި ވެމްކޯގެ ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ޚިދުމަތުގެ ފީ އާއި ގުޅޭ:

އިޢުލާން

ފުރަމާލެ ސަރަޙައްދުގައި ވެމްކޯގެ ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ޚިދުމަތުގެ ފީ އާއި ގުޅޭ:

 

7 އޭޕްރިލް 2024 އިން ފެށިގެން ފުރަމާލެ ސަރަހައްދުގައި  (މާލެ، ވިލިމާލެ އަދި ހުޅުމާލެ) ކުނި އުކާލަން އަންނަ އާއްމު ފަރާތްތަކުގެ އުޅަނދުތަކުން ނަގާ ފީ އަށް ބަދަލު ގެންނަން ރައީސުލް ޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ނިންމަވާފައިވާކަން  އެންމެހާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދަންނަވަމަމެވެ.

މި ގޮތުން 1 މާރިޗު 2024 ން ފެށިގެން އާއްމު ފަރާތްތަކުން ޙިދުމަތުގެ ފީއަކަށް ޗާރޖުކުރަމުން ދިޔައީ ކިލޯއަކަށް 75 ލާރިއެވެ. މީގެ ބަދަލުގައި 7 އޭޕްރިލް ގެ 2024 ގެ ހެނދުނު 0900 ން އިން ފެށިގެން ވޭސްޓް މެނޖްމަންޓް ކޯޕަރޭޝަންގެ ފުރަމާލެ ސަރަހައްދުގެ ޓްރާންފަރ ސްޓޭޝަންތަކުން ޗާރޖް ކުރަމުން ދާނީ ކިލޯއަކަށް 50 ލާރީގެ މަގުންނެވެ. މީގެ އިތުރުން، ފުރަމާލެ ސަރަހައްދުގައި ކުނިއުކާލުމުގެ ޙިދުމަތް ފޯރުކޮށްދޭ ޓްރާންފަރ ސްޓޭޝަންތަކަށް އަންނަ އާއްމުންނާއި ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ ކޮންމެ އުޅަނދަކަށް ހިދުމަތުގެ އަގެއްގެ ގޮތުގައި ވަންނަ ކޮންމެ ފަހަރަކު 150.00 ރުފިޔާގެ ޗާރޖެއް ނެގެމުންދާނެ ކަމުގެ ވާހަކަ އެންމެހާ ފަރާތްތަކުގެ މައުލޫމާތައްޓަކައި ދަންނަވަމެވެ.

އަގަށް މިގެނެވޭ ބަދަލާއި އެކު ހަމަ ހަމަ އުސޫލަކުން މިނެކިރުމަށް، ފުރަމާލެ ހުރިހާ ސަރަހައްދެއްގައި ކުނި ކިރާނެ ނިޒާމް ގާއިމް ކުރެވެންދެން، ކުނީގެ ބަރުދަން ބަލާނީ ކުނި ގެންނަ އުޅަނދު ރަޖިސްޓަރީގައިވާ އުފުލޭ ބަރުދަނަށް ބިނާކޮށެވެ.

#

ކުނި ގެންނަ ފަރާތް

ކިލޯ އަކަށް ނަގާ އަގު

ތަފްސީލް

1

އާއްމުން /  ޓެކްސީ ޕިކަޕު އަދި ލޮރީ / ޕްރައިވެޓް / ކޮންޕެނީ

50 ލާރި

ދުވަހު ކުނި، ބޮޑެތި ކުނި، ސީ.އެން.ޑީ

2

ސަރުކާރު އޮފީސް އަދި ސަރުކާރު ކުންފުނި (އެސް.އޯ.އީ)

2.66 ރުފިޔާ

ހުރިހާ ބާވަތެއްގެ ކުނި

 

06 އޭޕްރިލް 2024

 27رَمَضَان 1445

06 އޭޕްރިލް 2024
ހޯދާ