ފުނަދޫ ސްކޫލް
ދިވެހިރާއްޖެ
ކްލާސްރޫމްތަކުގެ ކުޑަދޮރު ބަދަލުކުރުން

ފުނަދޫ ސްކޫލް

   ށ.ފުނަދޫ

      ދިވެހިރާއްޖެ                                   ނަންބަރު: (IUL)GS-59-AD/INDIV/2024/12

އިޢުލާން

 

ކްލާސްރޫމްތަކުގެ ކުޑަދޮރު ބަދަލުކުރުން

ސްކޫލްގެ ކްލާސްރޫމްތަކުގެ ކުޑަދޮރުތަށް ބަދަލުކުރުމަށް ބޭނުންވެއެވެ. ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ. ބީލަންފޮތް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

      މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024 އޭޕްރީލް 14 ން 2024 އޭޕްރީލް 16 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 8:30 ން 13:30އާއި ދެމެދު ސުކޫލަށް ގުޅުއްވާ ނުވަތަ އީ މެއިލް މެދުވެރިކޮށް ނުވަތަ ސްކޫލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ.

   މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024އޭޕްރީލް 17 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

   މި ބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ2024 އޭޕްރީލް 18 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މިސްކޫލްގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުއްވުމަށް  ވެރިފަރާތުގެ ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީ އާއި  ބަދަލުގައި  ދުރުވާ ފަރާތުގެ އައި.ޑީ. ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.

ބީލަން ހުށަހެޅުމާ ހުޅުވުން އޮންނާނީ 2024 އޭޕްރީލް 23 ވާ އަންގާރަ ދުވަހުގެ 13:00 ގައި މި ސްކޫލްގައެވެ.  ނޯޓް: ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނީ ކަނޑައެޅިފައިވާ މުއްދަތުގައި ނަން ނޯޓް ކުރައްވާފައިވާ  ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.  

އިތުރު މަޢުލޫމާތު ރަސްމީ ގަޑިތަކުގައި ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުނަދޫ ސްކޫލް / ށ.ފުނަދޫ ، ދިވެހިރާއްޖެ.

ފޯން:     6540540 އީމެއިލް: [email protected]

05 ޝައްވާލް 1445

14 އޭޕްރީލް 2024

14 އޭޕްރިލް 2024
ހޯދާ