ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިަން ކުރުމަށް 02 ބިން ކުއްޔަށް ދޫކުރުން

ކޮނޑޭ ދަނޑުބިން ދޫކުރާ ސަރަޙައްދުން ދަނޑުވެރިކަން ކުރުމަށް 50،000 (ފަންސާސް ހާސް) އަކަފޫޓްގެ 02 ބިން 35 (ތިރީސް ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. 

  1. ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތް

 (ހ) މި ބިން ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނީ  ވިޔަފާރި އަދި ސިނާޢީ ބޭނުންތަކަށް ގއ.ކޮނޑޭއިން ބިން ދޫކުރުމަށް މި ކައުންސިލުން އެކުލަވާލާފައިވާ އުޞޫލާއި، ގއ. ކޮނޑޭއިން ދަނޑުބިން ދޫކުރުމާބެހޭ އުޞޫލުގައި  ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

 (ށ) މި ބިންތަކުގައި ބޭނުން ކުރެވޭނީ ހަމައެކަނި ދަނޑުވެރިކަމުގެ ބޭނުމަށެވެ. އިތުރު އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް މިބިންތަކުގައި ނުކުރެވޭނެއެވެ. 

 (ނ) މި އިޢުލާނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ބިންތައް ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރީކޮށް ބީލަން ގަތުމަށް އެދި ހުށަހަޅާ ފޯމް ދޫކުރުމާއި، ބަލައިގަތުމަށް ހަމަޖެހިފައިވަނީ 15 އެޕްރީލް 2024 ވާ ހޯމަ ދުވަހުން ފެށިގެން 23 އެޕްރީލް 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހަކުވެސް ހެނދުނު 09:00 އިން 13:00 އަށް ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާއިންނެވެ.

 (ރ) ބީލަން ހުށަހަޅާ ފޮތް މި ކައުންސިލުން ގަންނަން ލިބެން ހުންނާ 1,000 (އެންހާސް) ރުފިޔާއަށެވެ.

 (ބ) ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 30 އެޕްރީލް 2024 ވާ އަންގާރަ ދުވަހުގެ 13:00 އަށް ކޮނޑޭ ކައުންސިލް އިދާރާއަށެވެ.

 (ޅ) ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 30 އެޕްރީލް 2024 ވާ އަންގާރަ ދުވަހުގެ 13:15 އަށް ކޮނޑޭ ކައުންސިލް އިދާރާގައި ބީލަން ހުށަހަޅި ފަރާތްތަކުގެ ހާޟިރުވެއެވެ.

 (ކ) އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6820019 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ ކައުންސިލްގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ވީމާ، މި ކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ. އަދި މި އިޢުލާނުގައި ބަޔާންކޮށްފައިވާ ބިން ކުއްޔަށް ދޫކުރުމަށް ޢަމަލު ކުރާނެ ގޮތުގެ އުޞޫލް" ސިނާޢީ ބޭނުންތަކަށް ގއ.ކޮނޑޭއިން ބިން ދޫކުރުމުގެ އުޞޫލާއި، ގއ. ކޮނޑޭއިން ދަނޑުބިން ދޫކުރުމާބެހޭ އުޞޫލް"  އާއި ބިން އޮންނަ ތަން އެނގޭނެ ޗާޓް، މި އިޢުލާނާއިއެކު ޢާއްމު ކުރީމެވެ.

14 އޭޕްރިލް 2024
ހޯދާ