ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެނެވޭ ކުނިވާޒާތުގެ ތަކެތި ކަނޑަށް އުކައިދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 13 އޭޕްރިލް 2024 13:39 ގައި ބާތިލް ކުރެވިފައެވެ.


ބީލަން ހުށަހެޅުމުގެ ދަޢުވަތު

 ކުޑަހުވަދޫ ވޭސްޓް މެނޭޖަމަންޓް ސެންޓަރަށް ގެނެވޭ އެންމެހާ ކުނިވާޒާތުގެ ތަކެތި ކަނޑަށް އުކާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލަށްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައި އާންމުކޮށް އިޢުލާން ކުރީމެވެ.

މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު 2024 އޭޕްރީލް  16 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުމުން ނުވަތަ  މުނިސިޕަލް ޔުނިޓްގެ މެއިލް ([email protected]) އަށް  މެއިލްކުރެއްވުމުން ރަޖިސްޓްރީކޮށް ދެވޭނެއެވެ. ބީލަން ރަޖިސްޓްރީ ކުރުމުގެ އަގަކީ -/150 ރުފިޔާއެވެ.   ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވި ކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނޯންނާނެއެވެ.

މިކަމަށް ޝައުގުވެރިކަން ފާޅުކޮށް ރެޖިސްޓަރވި ފަރާތްތަކުގެ ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2024 އޭޕްރީލް 23 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިއިދާރާގެ މީޓިންގ ރޫމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެފައި (މަޢުލޫމާތު ކަރުދާހުގައި ބުނެފައިވާގޮތަށް) އޮންނަންވާނެއެވެ. ބީލަން ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ބީލަންތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހު 11:00 ގައެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އަންދާސީ ހިސާބާއި ގުޅޭ އިތުރު މައުލޫމާތާއި ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު އަދި ބީލަމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު މި އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ފައިސާ ޓްރާންސްފަރ ކުރާނެ އެކައުންޓް ނަމްބަރ: 7730000135156

އެކައުންޓް ނަން: 1430REVENUE 01

އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވެލައްވާނަމަ، ރަސްމީ ގަޑީގައި 6760067 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

12 އޭޕްރިލް 2024
ހޯދާ