ކޮނޑޭ ސްކޫލް، ގއ.ކޮނޑޭ
ދިވެހިރާއްޖެ
2024 ވަނަ ދިރާސީ އަހަރު ކޮނޑޭ ސްކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލުން

2024 ވަނަ ދިރާސީ އަހަރު މި ސްކޫލަށް ކުދިން ވެއްދުމަށް ފުރުޞަތު ހުޅުވާލަމެވެ. ސްކޫލަށް ކުދިން ވެއްދޭނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، 2024 ވަނަ ދިރާސީ އަހަރު ސްކޫލުތަކަށް ކުދިން ވެއްދުމާގުޅޭ ސަރކިއުލާއާ އެއްގޮތަށެވެ.

ކުދިން ވެއްދުމުގައި ބަލާނެ މިންގަނޑުތައް

ސްކޫލަށް ކުދިން ވެއްދުމާއި، އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގައި އުމުރުފުރާ ބަލާނެގޮތާއި، ސަރކިއުލަރގައި ކަނޑައަޅުއްވާފައިވާ އުސޫލުތައް ތިރީގައި ޙިއްސާކޮށްފައި އެވަނީއެވެ.

ގްރޭޑް

2024 ވަނަ ދިރާސީ އަހަރު ކުދިން ސްކޫލަށް ވައްދާ އުމުރުފުރާތައް

އެލް.ކޭ.ޖީ

2023 ވަނަ އަހަރުގެ ޑިސެންބަރު 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން

ޔޫ.ކޭ.ޖީ

2023 ޑިސެންބަރު 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން

2024-2023 ދިރާސީ އަހަރު އެލް. ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން، 26 މޭ 2024 ގައި ފެށޭ 2024 ދިރާސީ އަހަރު ޔޫ.ކޭ.ޖީއަށް ބަދަލުކުރެވޭނެއެވެ.

ގްރޭޑް 1

2023 ޑިސެންބަރު 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން

2024-2023 ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން، 26 މޭ 2024 ގައި ފެށޭ 2024 ދިރާސީ އަހަރު ގްރޭޑް 1 އަށް ބަދަލުކުރެވޭނެއެވެ.

  • އެއްވެސް ކުއްޖަކު ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި އެއް ގްރޭޑުން އަނެއް ގްރޭޑަށް ބަދަލުނުކުރެވޭނެއެވެ.
  • އެލް.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމުގައި 4 އަހަރު ފުރިހަމަ ވެފައިތޯ ބަލާނީ، އެ ދިރާސީ އަހަރަކަށް ދަރިވަރުން ވެއްދުމަށް އުމުރު ހަމަކުރުމަށް ކަނޑައަޅާފައިވާ އެންމެފަހު ދުވަހަށް 4 އަހަރު ފުރިހަމަވުމުންނެވެ.
  • ދިރާސީ އަހަރު ފެށޭފަހުން 4 އަހަރު ވެފައިވާ ދަރިވަރުން، ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި އެލް.ކޭ.ޖީ އަކަށް ނުވައްދާނެއެވެ.
  • އެލް.ކޭ.ޖީއަށް ވަދެވޭނީ، ނިމުނު އަހަރުގެ ޑިސެންބަރު 31 އަށް އުމުރުން 4 އަހަރު ފުރިފައިވާ ކުދިންނަށް ކަމުގައި ކަނޑައަޅާފައިވީ ނަމަވެސް ހިނގާ އަހަރުގެ 31 މާރިޗުގެ ނިޔަލަށް 4 އަހަރު ފުރޭ ކުދިންނަށް އެލް.ކޭ.ޖީއަށް ވަނުމުގެ ފުރުޞަތު ބެލެނިވެރިޔާ އެދިއްޖެނަމަ އެ ކުއްޖާއަށް ދެވިދާނެއެވެ.
  • މިނިސްޓްރީއިން އަމަލު ކުރަމުންދާ އާއްމު އުސޫލާ އެއްގޮތްވާގޮތުގެ މަތިން އެއްވެސް ދަރިވަރަކު އެ ދަރިވަރަކު ހުރި ގްރޭޑްގައި ރިޕީޓް ނުކުރާނެއެވެ. ނަމަވެސް، ޚާއްޞަ ހާލަތެއް ނުވަތަ މަޤުބޫލު އުޒުރެއް އޮތުމުން މިހާރު ކިޔަވަމުންދާ ގްރޭޑްގައި ރިޕީޓްކުރުމަށް ބެލެނިވެރިޔާ އެދިއްޖެ ހާލަތެއްގައި އެކަން ސްކޫލް މެދުވެރިކޮށް މިނިސްޓްރީއަށް ހުށަހެޅިދާނެއެވެ. އަދި ރިޕީޓް ކުރެވޭނީ ހުށަހެޅިފައިވާ ލިޔުންތަކަށް ރިއާޔަތްކޮށް މިނިސްޓްރީއިން ލިޔުމުން ހުއްދަ ދިނުމުންނެވެ.
  • ދަރިވަރުން ސްކޫލަށް ވައްދަން އެދޭ ފަރާތްތަކުން ފުރިހަމަކޮށްފައިވާ ސްކޫލު އެޑްމިޝަން ފޯމް އަދި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، ‏2024‏ އޭޕްރިލް‏ 30‏ ވާ އަންގާރަ‏ ދުވަހުގެ 13:00 ގެ ކުރިން މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

    • ސްކޫލު އެޑްމިޝަން ފޯމާއެކު ތިރީގައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

          ކުއްޖާގެ އައިޑީކާޑު ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓްގެ އަސްލާއި ކޮޕީ

          ބެލެނިވެރިޔާގެ އައިޑީ ކާޑުގެ އަސްލާއި ކޮޕީ

          ވެކްސިން ކާޑުގެ އަސްލާއި ކޮޕީ،

  • ދަރިވަރުން ސްކޫލަށް ވެއްދުމާގުޅޭގޮތުން ސުވާލެއްވާނަމަ، ސްކޫލުގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ނުވަތަ ފޯނުން ގުޅުއްވާނަމަ، 7222422 ނަންބަރާ ގުޅުއްވުން އެދެމެވެ.
09 އޭޕްރިލް 2024
ހޯދާ