ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ފާމަސީއެއް ހިންގުމަށް އިމާރާތެއް ކުއްޔަށް ހިފުން

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އިން ފާމަސީގެ ހިދުމަތް ދިނުމަށް އިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތަފްޞީލު ހިމެނޭގޮތަށް ޕްރަޕޯސަލް އަދި އިމާރާތުގެ ފޮޓޯތައް ހުށައެޅުއްވުން އެދެމެވެ.

 

ޝަރުޠު:

  • ކުނި އުކާލުމުގެ އިންތިޒާމް ހަމަޖެހިފައިވުން.
  • ފާޚާނާ ހުރުން.
  • އިމާރާތުގައި އޭސީ ހަރުކުރެވިފައި ހުރުން
  • ކުޑަވެގެން 1200 އަކަފޫޓުގެ އިމާރާތެއް ކަމުގައިވުން
  • ކުލި ދެފަރާތުން އެއްބަސްވާ އަގަކަށް އެއްބަސްވެވޭނެ ތަނެއް ކަމުގައިވުން.

 

މީގެ އިތުރުން، އެދެވިގެންވާ ކަންތައްތައް:

 

  • މާފަންނު/ މާލެ، މަޖީދީމަގުން އިމާރާތަށް ވަދެ ނުކުމެވޭ ގޮތަށް ހުރުން.
  • ނެއިބަރހުޑް: މާފަންނު/ މާލެ

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 17 އޭޕްރީލް 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން އަގު ކަރުދާސް އަދި، ތަނުގެ ފޮޓޯ [email protected]   އަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހެޅޭ އަގުތަކާއި، ފޮޓޯތަކަށް ބެލުމަށް ފަހު އެސްޓީއޯ އިން ޚިޔާރު ކުރާފަރާތަކާއިއެކު އެއްބަސްވުމެއްގެ ދަށުން ތަން ކުއްޔަށް ހިފުމުގެ އެންމެހާ ކަންތައްތަކަށް ޢަމަލު ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ނަންބަރ: 3012615  ފޯނަށް ގުޅުއްވުން އެދެމެވެ.

       

08 އޭޕްރިލް 2024
ހޯދާ