ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޑިއުޓީ އޮފިސަރ

އިޢުލާން

ނަންބަރު: WAMCO-HR/IUL/2024/030

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ޑިއުޓީ އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެސިސްޓެންޓް

މުސާރައާއި ޢިނާޔަތްތައް

މަހަކު -/8,000 އާއި -/ 12,000 ރުފިޔާއާއި ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

އިތުރު ޢިނާޔަތްތައް

  1.   ކޯޕަރޭޓް ހެލްތް އިންޝުއަރެންސް
  2.  ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) / ނަދާން އޮޕަރޭޝަންސް، ކުޅުދުއްފުށި އޮޕަރޭޝަންސް (ހދ. ކުޅުދުއްފުށި)

ވަޒީފާ އަދާ ކުރަންޖެހޭ ގަޑި

ދަންފަޅި އުސޫލުން

ބޭނުންވާ އަދަދު

02

ޝަރުޠު

  1. އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ؛
  2. ޖީސީއީ އޯލެވެލްގެ 3 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. މަޤާމުގެ މަސައްކަތާއި ގުޅުންހުރި މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  4. ކޮމްޕިއުޓަރ އަދި މައިކްރޯސޮފްޓް ޕެކޭޖަށް ފަރިތަ ފަރާތަކަށްވުން. 
  5. އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތްކޮށް އަދި ޓައިޕް ކުރަން އެނގުން،
  6. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން،
  7. މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކޯޕަރޭޝަނުން ހަވާލުކުރެވޭ ސައިޓެއްގެ ޑިއުޓީ ރޮސްޓަރ އާއި އެއްގޮތަށް ދުވަހުން ދުވަހަށް ޑިއުޓީ އަދާކުރުން.
  2. ލޭބަރުން މެދުވެރިކޮށް އުޅަނދުތައް ހުސްކުރުވުމާއި އުޅަނދުތަކުގެ މަޢުލޫމާތު ނޯޓުކޮށް މޮނިޓަރ ކުރުން.
  3. ސައިޓުގައި މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކަށް މަސައްކަތްތައް ކުރިއަށް ގެންދިއުން އަދި އުސޫލާއި ހިލާފަށް ހިނގާ މަސައްކަތްތައް ފާހަގަކޮށް ރިކޯޑްތައް ބެލެހެއްޓުން.
  4. ސައިޓުގައި ދުވަހުން ދުވަހަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ރިކޯޑްތައް ތައްޔާރުކުރުން.
  5. ސައިޓުގައި ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކަށް ބުރޫ ނާރާނެފަދަ ގޮތަކަށް މަސައްކަތްތައް ކުރިއަށްގެންދިއުން އަދި ސައިޓުގައި ދިމާވާ މައްސަލަތައް ސުޕަވައިޒަރަށް އަންގައިގެން ހައްލުކުރަން މަސައްކަތްކުރުން.
  6. ލޭބަރުންގެ މަސައްކަތް މޮނިޓަރ ކުރުމާއި މަސައްކަތް ބެލެހެއްޓުން.
  7. ކޯޕަރޭޝަންގެ ކުނި މެނޭޖްކުރުމުގެ ހިދުމަތްތައް ހަރުދަނާ ކުރުމަށްޓަކައި ކުރެވޭ އެންމެހާ މަސައްތަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  8. ކޯޕަރޭޝަންގެ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ކޯޕަރޭޝަންގެ ހުރިހާ ޑިފާޓްމަންޓްތަކާއެކު މަސައްކަތްކުރުން.
  9. މީގެއިތުރުން ކޯޕަރޭޝަނުން ހިންގާ އިތުރު ހަރަކާތްތަކުގައި އިސްނަގައިގެން ހަރަކާތްތެރިވުމާއި އަދި ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހެއްކަމުގައިވުން
  • މީހުންނާއި ރަނގަޅަށް މުއާމަލާތްކުރަން އިނގޭ ފަރާތެއްކަމުގައިވުން
  • އިންޓަވިއު

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) އިންޓަވިއުއަށް ދުރުވާ ފަރާތްތަކުން ހުށައަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ހިއްޕަވައިގެން އިންޓަވިއުއަށް ދުރުވުން އެދެމެވެ. ލިޔެކިޔުންތައް ނުގެނެވޭނަމަ އެލިޔުމަކަށް ލިބޭ މާކްސް އުނިކުރެވިގެން ދާނެއެވެ.

  1. ޕޮލިސް ރިޕޯޓު (ދޫކުރި ފަހުން 04 މަސްދުވަސް ހަމަނުވާ)
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:

2024 އެޕްރީލް 18 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 2 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން ނުވަތަ [email protected] އަށް މެއިލްކުރެއްވުން.

އިންޓަރވިއު:

- އިންޓަރވިއުއާއި އިމްތިޙާނުކުރުން އެޕްރީލް / މެއި މަހުގައިކުރިއަށް ގެންދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

އީ-މެއިލްއިން ހުށަހަޅުއްވާނަމަ ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ.

މަތީގައި ބަޔާން ކުރެވިފައިވާ އެޑްރެހަށް ނުވަތަ މެއިލްއަށް ލިބޭ ފޯމްތައް ފިޔަވާ އިތުރު ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. (ޝޯޓް ލިސްޓް ކުރުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބެލޭނެއެވެ.)

އިންޓަވިއުއަށް ދުރުވާ ފަރާތްތަކުން ހުށައަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ހިއްޕަވައިގެން އިންޓަވިއުއަށް ދުރުވުން އެދެމެވެ.

މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް 3000581 ފޯނަށް ގުޅުއްވުން އެދެމެވެ.

08 އެޕްރީލް 2024

 

08 އޭޕްރިލް 2024
ހޯދާ