އައްޑުއަތޮޅު މީދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ދެންނެވުން

            1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައިވާތީ، މިދުވަސްތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަމުރުތަކާއި ގުޅިގެން ބާއްވަން ޖެހޭ އަޑުއެހުންތަކާއި، ކޮންމެހެން ބާއްވަންޖެހޭ ޝަރީޢަތްތަކުގެ މަޖިލިސްތަކާއި ބަނޑޭރި ޕޯޓަލް މެދުވެރިކޮށް މިކޯޓުން ބަލައިގަންނަންޖެހޭ ފައިސާއާއި ގުޅޭ މަސައްކަތްތައް އެކަނި ކަމުގައި ދެންނެވީމެވެ.

          އެހެންކަމުން އަމުރުތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 11:00 އިން 13:00 އަށް ކުރިއަށް ދާނެއެވެ. ހުކުރު ދުވަހު މިމަސައްކަތް ކުރެވޭނީ 21:30 އިން 22:30 އަށެވެ. އަދި ބަނޑޭރި ޕޯޓަލް މެދުވެރިކޮށް މިކޯޓުން ބަލައިގަންނަންޖެހޭ ފައިސާއާއި ގުޅޭ މަސައްކަތްތައް 01 އޭޕްރީލް 2024 އިން ފެށިގެން 04 އޭޕްރީލް 2024 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 11:00 އިން 13:00 އަށް ކުރިއަށް ދާނެ ކަމުގައިވެސް ދެންނެވީމެވެ.

03 އޭޕްރިލް 2024
ހޯދާ