އުލިގަމު ސްކޫލް، ހއ. އުލިގަން
ދިވެހިރާއްޖެ
2024 ވަނަ ދިރާސީ އަހަރު އުލިގަމު ސްކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލުން

2024 ވަނަ ދިރާސީ އަހަރު މި ސްކޫލަށް ކުދިން ވެއްދުމަށް ފުރުޞަތު ހުޅުވާލަމެވެ. ސްކޫލަށް ކުދިން ވެއްދޭނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، 2024 ވަނަ ދިރާސީ އަހަރު ސްކޫލުތަކަށް ކުދިން ވެއްދުމާގުޅޭ ސަރކިއުލާއާ އެއްގޮތަށެވެ.

ކުދިން ވެއްދުމުގައި ބަލާނެ މިންގަނޑުތައް

ސްކޫލަށް ކުދިން ވެއްދުމާއި، އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގައި އުމުރުފުރާ ބަލާނެގޮތާއި، ސަރކިއުލަރގައި ކަނޑައަޅުއްވާފައިވާ އުސޫލުތައް ތިރީގައި ޙިއްސާކޮށްފައި އެވަނީއެވެ.

ގްރޭޑް

2024 ވަނަ ދިރާސީ އަހަރު ކުދިން ސްކޫލަށް ވައްދާ އުމުރުފުރާތައް

އެލް.ކޭ.ޖީ

2023 ވަނަ އަހަރުގެ ޑިސެންބަރު 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން

ޔޫ.ކޭ.ޖީ

2023 ޑިސެންބަރު 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން

2024-2023 ދިރާސީ އަހަރު އެލް. ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން، 26 މޭ 2024 ގައި ފެށޭ 2024 ދިރާސީ އަހަރު ޔޫ.ކޭ.ޖީއަށް ބަދަލުކުރެވޭނެއެވެ.

ގްރޭޑް 1

2023 ޑިސެންބަރު 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން

2024-2023 ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން، 26 މޭ 2024 ގައި ފެށޭ 2024 ދިރާސީ އަހަރު ގްރޭޑް 1 އަށް ބަދަލުކުރެވޭނެއެވެ.

  • އެއްވެސް ކުއްޖަކު ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި އެއް ގްރޭޑުން އަނެއް ގްރޭޑަށް ބަދަލުނުކުރެވޭނެއެވެ.
  • އެލް.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމުގައި 4 އަހަރު ފުރިހަމަ ވެފައިތޯ ބަލާނީ، އެ ދިރާސީ އަހަރަކަށް ދަރިވަރުން ވެއްދުމަށް އުމުރު ހަމަކުރުމަށް ކަނޑައަޅާފައިވާ އެންމެފަހު ދުވަހަށް 4 އަހަރު ފުރިހަމަވުމުންނެވެ.
  • ދިރާސީ އަހަރު ފެށޭފަހުން 4 އަހަރު ވެފައިވާ ދަރިވަރުން، ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި އެލް.ކޭ.ޖީ އަކަށް ނުވައްދާނެއެވެ.
  • އެލް.ކޭ.ޖީއަށް ވަދެވޭނީ، ނިމުނު އަހަރުގެ ޑިސެންބަރު 31 އަށް އުމުރުން 4 އަހަރު ފުރިފައިވާ ކުދިންނަށް ކަމުގައި ކަނޑައަޅާފައިވީ ނަމަވެސް ހިނގާ އަހަރުގެ 31 މާރިޗުގެ ނިޔަލަށް 4 އަހަރު ފުރޭ ކުދިންނަށް އެލް.ކޭ.ޖީއަށް ވަނުމުގެ ފުރުޞަތު ބެލެނިވެރިޔާ އެދިއްޖެނަމަ އެ ކުއްޖާއަށް ދެވިދާނެއެވެ.
  • މިނިސްޓްރީއިން އަމަލު ކުރަމުންދާ އާއްމު އުސޫލާ އެއްގޮތްވާގޮތުގެ މަތިން އެއްވެސް ދަރިވަރަކު އެ ދަރިވަރަކު ހުރި ގްރޭޑްގައި ރިޕީޓް ނުކުރާނެއެވެ. ނަމަވެސް، ޚާއްޞަ ހާލަތެއް ނުވަތަ މަޤުބޫލު އުޒުރެއް އޮތުމުން މިހާރު ކިޔަވަމުންދާ ގްރޭޑްގައި ރިޕީޓްކުރުމަށް ބެލެނިވެރިޔާ އެދިއްޖެ ހާލަތެއްގައި އެކަން ސްކޫލް މެދުވެރިކޮށް މިނިސްޓްރީއަށް ހުށަހެޅިދާނެއެވެ. އަދި ރިޕީޓް ކުރެވޭނީ ހުށަހެޅިފައިވާ ލިޔުންތަކަށް ރިއާޔަތްކޮށް މިނިސްޓްރީއިން ލިޔުމުން ހުއްދަ ދިނުމުންނެވެ.

ފޯމް ހުށަހެޅުމާއި، ފޯމް ބަލައިގަތުން

ދަރިވަރުން ސްކޫލަށް ވައްދަން އެދޭ ފަރާތްތަކުން ފުރިހަމަކޮށްފައިވާ ސްކޫލު އެޑްމިޝަން ފޯމް އަދި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، ‏2024‏ އޭޕްރިލް‏ 30‏ ވާ އަންގާރަ‏ ދުވަހުގެ 13:00 ގެ ކުރިން މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

  • ސްކޫލު އެޑްމިޝަން ފޯމާއެކު ތިރީގައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

      ކުއްޖާގެ އައިޑީކާޑު ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓްގެ އަސްލާއި ކޮޕީ

      ބެލެނިވެރިޔާގެ އައިޑީ ކާޑުގެ އަސްލާއި ކޮޕީ

      ވެކްސިން ކާޑުގެ އަސްލާއި ކޮޕީ،

  • ސްކޫލް އެޑްމިޝަން ފޯމް ބަލައިގަތުމަށްފަހު، ފޯމް ބަލައިގަތްކަމަށް ބެލެނިވެރިޔާއަށް ސްލިޕެއް ދޫކުރާނެއެވެ.
  • އީމެއިލުން ހުށަހަޅުއްވާނަމަ، [email protected]  އަށް ފޯމް ފޮނުއްވުން އެދެމެވެ.

      އީމެއިލުން ފޮނުވާ ފޯމްތައް ބަލައިގަންނާނީ، ޕީ.ޑީ.އެފް ފޯމެޓުގައި އެއް ޑޮކިއުމަންޓެއް ގޮތަށް، ސްކޫލު އެޑްމިޝަން ފޯމް އަދި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު އެއްކަރުދާސްކޮށް، ފޮނުވާފައިވާ ފޯމްތަކެވެ.

      އަދި އީމެއިލް ކުރައްވާއިރު، އީމެއިލް ސަބްޖެކްޓްގައި ސްކޫލު އެޑްމިޝަނަށްއެދި ކަމަށް އެނގޭނެފަދަ ގޮތަކަށް ޖައްސަވަންވާނެއެވެ.

      ސްކޫލަށް ވައްދަން އެދޭ ފޯމް އީމެއިލުން ހުށައަޅުއްވާ ފަރާތްތަކަށް "ސްކޫލަށް ވެއްދިކަމުގެ ލިޔުން" ދޫކުރާނީ ލިޔުންތަކުގެ އަސްލު ސްކޫލަށް ހުށަހަޅައި ލިޔުންތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށްފަހުއެވެ.

  • މިހާރު މި ސްކޫލްގެ ފައުންޑޭޝަން ސްޓޭޖްގައި ކިޔަވަމުންދާ ދަރިވަރުން ޔޫ.ކޭ.ޖީ އަށް ނުވަތަ ގްރޭޑް 1 އަށް ބަދަލުވުމަށް ފޯމް ހުށައަޅާކަށް ނުޖެހޭނެއެވެ.
  • ރަމަޟާންމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުވުމާ ގުޅިގެން، މި ދުވަސްތަކުގައި، މައުލޫމާތު ސާފުކުރަން ދެވިފައިވާ ނަންބަރަށް ގުޅުއްވުމުން، ތިރީގައިވާ ގޮތަށް ފޯމް ދޫކުރުމާއި، ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާނެއެވެ.

ދުވަސް

ގަޑި

ދުވަސް

ގަޑި

30/03/2024

09:30 – 11:00

07/04/2024

16:00 – 17:00

01/04/2024

09:00 – 10:00

09/04/2024

16:00 – 17:00

03/04/2024

16:00 – 17:00

އިތުރު ދުވަސްތަކެއް ހަމަޖެހިއްޖެނަމަ، ސްކޫލް ވައިބަރ ގްރޫޕްގައި ހިއްސާކުރެވޭނެއެވެ.

އެޑްމިޝަން ފޯމް ދޫކުރުން

ދަރިވަރުން ސްކޫލަށް ވެއްދުމަށް ހުށަހަޅާ ފޯމު ރަސްމީ ގަޑީގައި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި [email protected] އަށް އީމެއިލް ކުރެއްވުމުންވެސް ފޯމު ފޮނުވައިދެވޭނެއެވެ. އަދި ތިރީގައިވާ ލިންކުތަކުން ނުވަތަ ކިޔު.އާރު ކޯޑު ސްކޭން ކުރެއްވުމުން ފޯމު ޑައުންލޯޑުކުރެވެން ހުންނާނެއެވެ. ފޯމް ލިބުމުގައި އެއްވެސް ދަތިކަމެއްވާނަމަ، މައުލޫމާތު ސާފުކުރަން ދެވިފައިވާ ނަންބަރަށް ގުޅުއްވުމުން، ފޯމް ލިބުމުގެ އިންތިޒާމް ހަމަޖައްސައިދޭނެއެވެ.

އެލް.ކޭ.ޖީ/ޔޫ.ކޭ.ޖީ އަށް ވަންނަން އެދޭ ފޯމް

https://t.ly/IdMNr

ގްރޭޑް 1 އަށް ވަންނަން އެދޭ ފޯމް

 https://t.ly/AI8uB

 

އިތުރު މައުލޫމާތު ސާފުކުރުން

ދަރިވަރުން ސްކޫލަށް ވެއްދުމާގުޅޭގޮތުން ސުވާލެއްވާނަމަ، ސްކޫލުގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ނުވަތަ ފޯނުން ގުޅުއްވާނަމަ، 7950533 ނަންބަރާ ގުޅުއްވުން އެދެމެވެ.

ވީމާ، މި ކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

29 މާރިޗު 2024
ހޯދާ