ށ. ފޭދޫ ސްކޫލް
ދިވެހިރާއްޖެ
ފޭދޫ ސްކޫލްގެ އެކްޓިވިޓީ ޔުނީފޯމް ފަހާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ފޭދޫ ސްކޫލުގެ އެކްޓިވިޓީ ޔުނީފޯމް ފަހާދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

         މި ސްކޫލުގެ އެކްޓިވިޓީ ޔުނީފޯމް، މި ސްކޫލުން ދޭ ނަމޫނާއާއި އެއްގޮތަށް ފަހާދިނުމަށް އެދޭފަރާތްތަކަށް އެފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.  

         ވީމާ، މި ބީލަމުގައި ބައިވެރިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 މާރޗް 2024 އިން 16 އޭޕްރިލް 2024 ގެ ނިޔަލަށް [email protected]  މި އީ-މެއިލް މެދުވެރިކޮށް ބިޑް ރަޖިސްޓްރީ ފޯމް ހުށައެޅުވުން އެދެމެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.

         މި ބީލަމާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 17 އޭޕްރިލް 2024 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި ފޭދޫ ސްކޫލުގައެވެ. އަދި ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 24 އޭޕްރިލް 2024 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި ފޭދޫ ސްކޫލުގައެވެ.

         ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ނަންނޯޓު ކުރުމަށް ދެންނެވިފައިވާ ތާރީޚުގެ ކުރިން، ނަން ނޯޓު ކުރެއްވުން އެދެމެވެ. އަދި ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ. 

        ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 މާރިޗު 2024
ހޯދާ