މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
50 ގޮނޑި (ލޯ ބެކް އެގްޒެކެޓިވް ޗެއަރ) ވިއްކާނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި މިނިސްޓްރީއަށް 50 ގޮނޑި(ލޯ ބެކް އެގްޒެކެޓިވް ޗެއަރ) ވިއްކާނެ ފަރާތެއް ހޯދުމަށް ބޭނުންވާ ވާހަކަ ދަންނަވަމެވެ.

ވީމާ، މިތަކެތި ވިއްކަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 30 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިނިސްޓްރީއަށް ވަޑައިގެން ނަންނޯޓްކުރައްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 6 މޭ 2015 ވާ ބުދަ ދުވަހުގެ 14:00 އަށް މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީއަށް ވަޑައިގެން ނަންނޯޓްކުރައްވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3323400 ނަންބަރު ފޯނާއެވެ.   

27 އޭޕްރިލް 2015
ހޯދާ