ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެނިމޭޓަރ

މަޤާމް :އެނިމޭޓަރ
ބޭނުންވާ އަދަދު :1

(IUL)PSM-HR/PSM/2024/129

ވަޒީފާގެ ފުރުޞަތު

 

މަޤާމް

އެނިމޭޓަރ

މަޤާމުގެ ރޭންކް

L8-E4 (T)

ބޭނުންވާ ޢަދަދު:

01

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޑިޕާޓްމަންޓް

ކޮންޓެންޓް ޝެޑިއުލިން އެންޑް ކޮލިޓީ އެޝުއަރެންސް

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 06 ދުވަހު - ޝިފްޓް އުސޫލުން 8 ގަޑިއިރު

އަސާސީ މުސާރަ

-/7,800 ރުފިޔާ

ސަރވިސް އެލަވަންސް

-/3,500 ރުފިޔާ

އެހެނިހެން އެލަވަންސްތައް:

  • އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
  • ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.

(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).

  •  ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
  •  އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
  •  ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
  •  ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  •  މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

މަޤާމުގެ ޝަރުތު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރައްޖޭގެ ޤައުމީސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  • ސާނަވީ އިމްތިޙާނުން ދަށްވެގެން 4 މާއްދާއިން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ
  • މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • އިނޮވޭޓިވް ގޮތްތައް ޑިޒައިން ކުރުމާއި އެނިމޭޓްކުރުމުގެ ހުނަރު ހުރުން،
  • ތަންޤީލީ ނަޒަރަކުން ވިސްނާ ފިކުރު ކުރުމުގެ ޤާބިލުކަން ހުރުން،
  • ޒަމާނީ ޓެކްނޮލޮޖީއާއި ގްރެފިކްސް ސޮފްޓްވެއަރތަކަށް އަހުލުވެރިވުން،
  • މުވާސަލާތު ކުރުމުގެ ހުނަރު ހުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • އާ އައިޑިޔާތައް އުފެއެދުމާއި އިނޮވޭޓިވް ގޮތްތައް ޑިޒައިން ކުރުމާއި އެނިމޭޓް ކުރުމަށް ބޭނުން ކުރުން،
  • ހަވާލުކުރެވޭ މަސައްކަތާއި ގުޅޭގޮތުން ޕްރޮޑިއުސަރ ނުވަތަ ޑައިރެކްޓަރާއި ވާހަކަ ދައްކައި މަސައްކަތް ނިންމާނެ ގޮތުގެ ޓައިމްލައިންއެއް ކަނޑައެޅުން،
  • ޑިޒައިން އަދި އެނިމޭޝަންތައް ހަދާއިރު ސްކެޗްތައް / ސްޓޯރީބޯޑްސް ތައްޔާރުކުރުމަށް ފަހު، މަސައްކަތާއި ގުޅުންހުރި ފަރާތްތަކާއި މަޝްވަރާކޮށް އައިޑިޔާ ފައިނަލްކުރުން.
  • ޕްރޮފެޝަނަލްކޮށް ގްރެފިކްސް ޑިޒައިން ކުރަންއެގުން (ގްރެފިކްސްއިން ހަދަން ޖެހޭ ލޯގޯ، ޕޯސްޓަރ، ބިލްބޯޑް، ފޮތް ފަދަ ތަކެތި ޑިޒައިން ކުރުން).
  • ޕްރޮފެޝަނަލްކޮށް ޓޫޑީ،ތްރީޑީ އަދި މޯޝަންގްރެފިކްސް ހެދުން (ކުންފުނީގެ އެކިއެކި ޗެނަލްތަކާއި އަދި އިވެންޓު ތަކަށް ބޭނުންވާ އެނިމޭޝަންތައް ހެދުން).
  • ޓޫޑީ، ތްރީޑީ، މޯޝަންގްރެފިކްސް އަދި ގްރެފިކްސް ޑިޒައިންކުރަން ބޭނުންކުރާ އިންޑަސްޓްރީ ސްޓޭންޑަރޑްގެ ސޮފްޓްވެޔާސްތައް ފަސޭހަ ކަމާއެކު ޕްރޮފެޝަނަލްކޮށް ބޭނުން ކުރުން.
  • ވީޑިއޯގެ އިތުރަށް ކުންފުންޏަށް ބޭނުންވާ ގްރެފިކްސް ޑިޒައިން އަދި ލޭއައުޓް ހެދުން.
  • ދުވަހުން ދުވަހަށް ނިންމަންޖެހޭ ލައިވްތަކަށް ބޭނުންވާ ހުރިހާ ޑިޒައިންތަކާއި އެނިމޭޝަން ހަދައި ކަމާ ބެހޭފަރާތްތަކާއި ހަވާލުކުރުން.
  • ޕްރޮގްރާމް އަދި ލައިވްތަކަށް ބޭނުންވާ ކެޕްޝަން، ބްރޭކަރ އަދި އެހެނިހެން ގްރެފިކްސްތަކުގެ  އެނިމޭޝަންތައް ހެދުން.
  • ޕްރޮގްރާމް ލައިވްތަކަށް ބޭނުންވާ ޕްރޮމޯ(ޓްރެއިލަރ) އަދި ޓީޒާ ފަދަ ތަކެތި އެނިމޭޓް ކުރުން.
  • ލައިވް/ރެކޯޑްކުރާ ޕްރޮގްރާމްސް އަދި ލައިވް އިވެންޓްގައި ކެލިގްރާފަރ / ޓައިޓްލް އޮޕަރޭޓަރ / ޖީ - ޗެނަލް އޮޕަރޭޓްކުރުން އަދި ކެލިގްރާފަރ / ޓައިޓްލް އޮޕަރޭޓަރ / ޖީ  ޗެނަލް ފައިލް ސެޓަޕްހެދުން.
  • ހަވާލުކުރެވޭ މަސައްކަތްތައް ޒިންމާދާރުކަމާއިއެކު ކަނޑައެޅިފައިވާ ގަޑިޔަށް ނިންމުން.
  • މީގެ އިތުރުން ޑިޕާރޓްމަންޓް ހިންގަވަން ހުންނަ ވެރިއަކު ނުވަތަ އޮފީސް ހިންގުމާ ޙަވާލުވެ ހުންނެވި ވެރިއަކު ޙަވާލުކުރައްވާ އޮފީހުގެ މަސައްކަތްތައްކުރުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  • އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ޕޮލިސް ރިޕޯޓް (4 މަސްނުވާ).

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 21  އޭޕްރީލް 2024 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000368 ، 30003643000207 ,  އާއި ގުޅުއްވުން އެދެމެވެ.

 

28 މާރިޗު 2024
ހޯދާ