ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

 

 

        މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މި އިދާރާގެ ގޯތިތެރޭގައިވާ ، ވެހިކަލް ޕާކިންގ އޭރިއާ ހިޔާކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުން ވެއެވެ.

        މި މަސައްކަތުގެ އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫން (ޤާނޫން ނަންބަރު:2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

         ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 16 އޭޕްރީލް 2024 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި ކައުންސިލަށް ހާޟިރުވެ ނުވަތަ އޮންލައިންކޮށް ބައިވެރިވެ މަޢުލޫމާތު ސާފުކުރުމަށްފަހު ، 29 އޭޕްރީލް 2024 ވާ ހޯމަ ދުވަހުގެ 12:00 އަށް މި ކައުންސިލަށް އަންދާސީ ހިސާބު ހުށައެޅުން އެދެމެވެ. ޕްރީބިޑް މީޓިންގައި އޮންލައިންކޮށް ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ، 14 އޭޕްރީލް 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ، ޕްރީބިޑް މީޓިންގގައި ބައިވެރިވުމަށް ބޭނުންވާކަން ބަޔާންކޮށް ، މިއިދާރާގެ ޕްރޮކިއުމަންޓް ޔުނިޓްގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުމުން މީޓިންގ ލިންކް ފޮނުވޭނެއެވެ.

        މި އިޢުލާނާއިގުޅިގެން މަޢުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ ޕްރީބިޑް މީޓީންގގައި ބައިވެރިނުވާ ފަރާތްތަކުން ހުށައަޅާ އަންދާސީ ހިސާބު ބަލައިނުގަންނާނޭ ކަމުގައި ދަންނަވަމެވެ.

 މި މަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުންވާނަމަ މިއިދާރާގެ [email protected]  އަށް މެއިލްކުރެއްވުން އެދެމެވެ.   

25 މާރިޗު 2024
ހޯދާ